ޚަބަރު
އަލް އަސްރުގެ ފަރާތުން މިފަހަރު "ވިނިންގ އެޓިޓިއުޑް"
އިންޓާރނެޓް
ޒުވާނުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ އަލް ޢަސްރުގެ ޔެޕް (ޔޫތް އެމްޕަވަމަންޓް ޕުރޮގުރާމު) އަކީ ކޮންމެ މަހަކު އެއްފަހަރު މި ޖަމިއްޔާއިން އިސްނަގައިގެން، ޒުވާނުންގެ މެދުގައި ދީނީ ލޯތްބާއި، އަމިއްލަ ނަފްސަށް އޮންނަ ޔަޤީންކަން އިތުރުކުރުވުމަށް ބޭއްވޭ މުހިންމު ހަރަކާތެކެވެ.
ޔެޕް އަކީ ޒުވާނުންގެ ތެރެއިން ލީޑަރުން ބިނާކުރުމަށާއި ޒުވާނުން ބާރުވެރި ކުރުމަށް ހިންގޭ ތަފާތު ޕުރޮގުރާމެކެވެ. އެ ޖަމިއްޔާއިން ހާމަކުރަނީ، މިފަހަރުގެ ޕުރޮގުރާމު އޮންނާނީ، މިމަހު 20 ވަނަ ދުވަހާއި 21 ވަނަ ދުވަހުގެ ރޭ 20:30 ގައި އިސްލާމިކް ސެންޓަރުގައި ކަމަށެވެ. އެގޮތުން 20 ވަނަ ދުވަހުގެރޭގެ ސެޝަން ނަގައިދެއްވާނީ ޝެއިޚް އަހުމަދު ސަމީރެވެ. އަދި 21ވަނަ ދުވަހުގެ ރޭ، ހަމައެކަނި ފިރިހެން ބޭފުޅުންނަށް ޚާއްސަކުރައްވައިގެން ބާއްވާ ހަރަކާތުގެ މަޢުލޫއަކަށް، ”ވިނިންގ އެޓިޓިޔުޑް: އެމްޕަވަރިންގ ޔޫތް ފޯ އެކްސެލެންސް“ ކަނޑައަޅާފައިވާއިރު، އެ ސެޝަން ނަގައިދެއްވާނީ ޝެއިޚް ޖައުފަރެވެ. ގެސްޓުންގެ ގޮތުގައި ތިއްބަވާނީ ކުރީގެ ގައުމީ ޓީމްގެ ކެޕްޓަން އަކްރަމް އަބްދުލް ޣަނީ އާއި ފުޓްސަލް ކިންގ، ކުޑަހުވަދޫގެ މުހައްމަދު ޢަރީޝް އެވެ.
ޔެޕް ޕްރޮގްރާމަކީ ޒުވާނުންގެ ހުނަރުތައް ތަރައްޤީކޮށް، އަމިއްލަ ނަފްސަށް އިތުބާރު އުފެއްދުމަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ޕްރޮގްރާމެއް. ފަރުދުން މީޑިއާއަށް މާޢުލޫމާތު ދެއްވަމުން އަލް އަސްރުން ދެއްނެވިއެވެ.
މިފަދަ ޕުރޮގުރާމުތައް ހިންގުމަކީ، ޤައުމުގައި ދީނީގޮތުން ހޭލުންތެރި ޒުވާނުންގެ އަދަދު އިތުރުކޮށްދީ، އިސްލާމް ދީނަށް ލޯބިކުރާ މުޖުތަމަޢުއެއް ބިނާކުރުމަށް އެޅޭނެ ވަރަށް މުހިންމު ފިޔަވަޅެކެވެ.