ޚަބަރު
މިމަހުގެ ފުރަތަމަ 17 ދުވަހު ޖުމްލަ 103،560 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވޭ

ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންތަކެއް އެއަރޕޯޓުގައި
މިހިނގާ ޑިސެންބަރު މަހުގެ ފުރަތަމަ 17 ދުވަހު ޖުމްލަ 103،560 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ “ޑެއިލީ އަޕްޑޭޓްސް” އިން ދައްކައިފިއެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ އަދާހަމަތަކުން ދައްކަާގޮތުން މިމަހުގެ މިހާތަނަށް އެންމެ ގިނ ފަތުރުވެރިން އައިސްފައިވަނީ މިމަހުގެ 15ވީ އާދީއްތަ ދުވަހުއެވެ. އެއީ 8934 ފަތުރުވެރިއެކެވެ.
މިއަހަރުގެ މިހާތަނަށް ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކޮށްފައިވަނީ ފެބްރުވަރީ މަހުގެ ތެރޭގައެވެ. އެއީ 217،392 ފަތުރުވެރިންނެވެ. މިއަހަރު އެންމެ ގިނައިން ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކޮށްފައިވަނީ ޗައިނާއިންނެވެ. ޗައިނާއިން މިއަހަރުގެ މިހާތަނަށް 259،222 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. ދެވަނަ އަދި ތިންވަނައިގައި އޮތީ ރަޝިޔާ އަދި އިނގިރޭސި ވިލާތެވެ.
ސަރުކާރުގެ މިއަހަރުގެ އަމާޒަކީ ރާއްޖެއަށް މިއަހަރުގެ ނިމުމުގެ ކުރިން ދެމިލިޔަން ފަތުރުވެރިން ގެނައުމެވެ. އެޢަދަދަށް ވާސިލް ވުމަށް މިހާރު ބޭނުންވަނީ މަދު ޢަދަދެއްކަން ފާހަގަކޮށްލަން ޖެހެއެވެ. އަހަރުނިމެން މަދު ދުވަސްކޮޅަކަށް ވެފައިވާއިރު މިއަހަރުގެ އަމާޒަށް ވާސިލް ވުމަށް މިހާރު ބޭނުންވަނީ 58،805 ފަތުރުވެރިންނެވެ.