ދުނިޔެ

ކަމަލް އަދްވާން ހޮސްޕިޓަލަށް އިޒްރާއިލް ސިފައިން ހަމަލާދީފި، އިންޒާރު ދިނުމެއްވެސް ނެތް

ކަމަލް އަދްވާން ހޮސްޕިޓަލަށް އިޒްރާއިލް ސިފައިން ހަމަލާދީފި، އިންޒާރު ދިނުމެއްވެސް ނެތް

ކަމަލް އަދްވަން ހޮސްޕިޓަލުގައި މީހަކަށް ފަރުވާދެނީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

18 ޑިސެމްބަރު 2024، 08:30

18 ޑިސެމްބަރު 2024، 08:30

ޣައްޒާގެ ކަމަލް އަދްވަން ހޮސްޕިޓަލަށް އަނެއްކާވެސް އިޒްރާއިލް ސިފައިން ހަމަލާތަކެއް ދީފިއެވެ. 

އަލްޖަޒީރާގައި ބުނެފައިވަނީ މިހަމަލާތައް ކަމަލް އަދްވާން ހޮސްޕިޓަލަށް ދީފައިވަނީ ކުރިން އިންޒާރު ދިނުމެއް ނެތި ކަމަށެވެ. 

ކަމަލް އަދްވަން ހޮސްޕިޓަލުގެ ނާސިންގެ ޑިރެކްޓަރު ޢީދު ސަބާ އަށް ހަވާލާދީ އަލްޖަޒީރަގައި ބުނެފައިވަނީ ޣައްޒާގެ އުތުރުގައި ހުންނަ އެހޮސްޕިޓަލް ރޭ ދެކެފައިވަނީ ބިރުވެރިކަމުން ފުރިފައިވާ ރެއެއް ކަމަށެވެ. 

އިޒްރާއީލުގެ ބުލްޑޯޒަރުތަކުން ހުއްޓާނުލާ ހަމަލަތައް ކުރިއަށް ގެން ދިޔައިރު ހަނގުރާމަމަތީ ކުއަޑްކޮޕްޓަރު ޑްރޯންތަކުން އެހޮސްޕިޓަލްގެ ް ކޮމްޕައުންޑާއި ވަށައިގެންވާ އިމާރާތްތަކަށް ހަމަލާދީފައިވާކަމަށެވެ.

 “އެމީހުންގެ ހަމަލާތައް އަމާޒުކޮށްފައިހުރީ  ހޮސްޕިޓަލުގެ ކައިރީގައި ހުންނަ ބައްތާހް އާއިލާގެ ގެއަށް. ބައްތާހު އާއިލާގެ ހަ މީހަކު ހިމެނޭ ގޮތަށް ފަނަރަ ހަށިގަނޑެއް މިހޮސްޕިޓަލަށް އައިސްފައިވޭ،” އަލްޖަޒީރާއަށް މައުލޫމާތު ދެއްވަމުން ސަބާ ވިދާޅުވެފައިވެއެވެ.

ސަބާ އިތުރަށް ވިދާޅުވެފައިވަނީ މިހަމަލާތަކުގައި ގިނަ ބަޔަކު ޒަޚަމްވެފައިވާއިރު އަދިވެސް ގިނަ ބަޔަކު ތިބީ ވެއްޓިފައިވާ ޢިމާރާތްތަކުގެ ގައުކުނޑިތައް ދަށުގައި ކަމަށެވެ.

 ސަބާ އަށް ހަވާލާދީ އިތުރަށް އަލްޖަޒީރާގައި ބުނެފައިވަނީ އިޒްރާއީލުން ހޮސްޕިޓަލުގެ އައިސީޔޫއަށް ދިން ހަމަލާގެ ސަބަބުން އެތަނުގެ ކޮޓަރިތައް ކަޅު ދުންތަކުން ފުރިފައިވާ ކަމަށާއި، އެކަމުގެ ސަބަބުން މުވައްޒަފުން ވެންޓިލޭޓަރުގައި ތިބި ހަތަރު ބަލިމީހުން އެތަނުން ނެރެފައިވާ ކަމަށެވެ.

 އޭނާ އިތުރަށް ވިދާޅުވީ ޒަޚަމްވި 74 ބަލިމީހުން ހޮސްޕިޓަލުގައި ތިބި ކަމަށާއި ވަސީލަތްތައް ނެތުމުން ކިރިޔާ ދެވެން ހުރި ފަރުވާދެމުންދާކަމަށެވެ.

މީގެއިތުރުން ޑަބްލިޔުއެޗްއޯ އިން ބުނެފައިވަނީ ކަމަލް އަދްވަން ހޮސްޕިޓަލަށް މިވަގުތުން ވަގުތައް ފޯރުކޮށްދޭން ޖެހިފައިހުރި މެޑިކަލް އެހީގެ ސާމާނާއި އެސާމާނާއި އެކު ދިޔަ މެޑިކަލް ޓީމް ތަކަށް އިޒްރާއިލް ސިފައިން ހުރަސްއަޅައިފައިވާ ކަމަށެވެ. 

ކަމަލް އަދްވަން އަށް ފޯރުކޮށްދޭން މަސައްކަތް ކުރި މެޑިކަލް ސާމާނު އެހޮސްޕިޓަލަށް ފޯރުކޮށްނުދެވުން އެސާމާނު މިހާރު ޣައްޒާގެ އަލް ޝިފާ ހޮސްޕިޓަލަށް ފޯރުކޮށްދެވިފައިވާ ކަމަށް ވަނީ ބުނެފައެވެ. 

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު

450

Ads by MSS