ޚަބަރު
ސިނަމާލެ ބްރިޖްގައި އެކްސިޑެންޓެއް، އަނިޔާވި މީހަކު ހޮސްޕިޓަލަށް ގެންގޮސްފައިވޭ

ހުޅުމާލެ ހޮސްޕިޓަލް. އެކްސިޑެންޓްގައި އަނިޔާވި މީހާ ގެންދިޔައީ ހުޅުމާލެ ހޮސްޕިޓަލަށް.
ސިނަމާލެ ބްރިޖްގައި އެކްސިޑެންޓެއް ހިނގައިފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފައިވަނީ ސިނަމާލެ ބްރިޖްގައި މިރޭ ސައިކަލެއް ދެކާރެއްގައި ޖެހި އެކްސިޑެންޓެއް ވެފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓުކޮށްފައިވާކަމަށެވެ.
މި އެކސްސިޑެންޓް ގައި އަނިޔާވި މީހާ ހުޅުމާލެ ހޮސްޕިޓަލަށް ފަރުވާ ދިނުމަށްޓަކައި ގެންގޮސްފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ. މިމައްސަލަ ފުލުހުން އިތުރަށް ތަހުޤީޤު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މިއެކްސިޑެންޓާއި ގުޅިގެން ސިނަމާލެ ބްރިޖް ވަރަށް ބޮޑަށް ބާރު ބޮޑުވެ ވަރަށް ގިނައިރު ވަންދެން ވެހިކަލްތައް ހުއްޓިފައި ހުރުމުން ސޯޝަލް މީޑިއާގައި އެވާހަކަތައް ފެތުރިގެން ގޮސްފައިވެއެވެ.