ޚަބަރު
އާސަންދައާއި ސަބްސިޑީގެ ޚަރަދުތަށް އިހަށްވުރެ ކުޑަކުރެވެއްޖެ
ޕީ.އެސް.އެމް
ސަބްސިޑީއާއި އާސަންދައަށް ކުރާ ހޭދަ ކުޑަވެފައިވާކަމަށް މާލީ ވުޒާރާގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ދަޢުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ސަރުކާރުން އަޅުންވަން ފެއްޓެވީ، ދަޢުލަތުގެ ދަރަނި ބޮޑުވެ، ޢިޤްތިޞާދީ ގޮތުން ޤައުމު ނުރައްކަލެއްގެ ތެރެއަށް ވެއްޓިފައި ވާކަމުގެ އިޙްސާސްކުރެވެން ފެށުމުންނެވެ.
ހަރުދަނާ އުސޫލެއް ނެތި ދައުލަތުގެ ބަޖެޓުން އާސަންދަ އާއި ސަބްސިޑީއަށް ޚަރަދުކުރަމުންދިއުމުގެ ސަބަބުން ދައުލަތުގެ ޚަރަދު އިތުރުވެ، ދައުލަތުގެ ދަރަނިވެސް ދިޔައީ ބޮޑުވަމުންނެވެ. އެކަމާއި ގުޅިގެން ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން ވަނީ ސަބްސިޑީގެ ނިޒާމު ހަރުދަނާކުރުމަށް ތަކުރާރުކޮށް މީގެކުރީ ސަރުކާރުތަކަށް އިލްތިމާސްކޮށްފައެވެ. ނަމަވެސް މި ސަރުކާރު ވެރިކަމާއި ހަވާލުވުމާއި ހަމައަށްވެސް މާލީ އިދާރާތަކުން ދެއްވި ލަފަޔާ އެއްގޮތަށް ޚަރަދުތައް ކުޑަކޮށްފައެއް ނުވެއެވެ. އޭގެ ބަދަލުގައި ފެނިގެން ދިޔައީ އިންތިހާއަށް ޚަރަދުތައް އިތުރުކޮށް، އެ ޙަރަދުތައް ފޫބެއްދުމަށް ފައިސާ ޗާޕުކުރަމުން ދިޔަމަންޒަރެވެ. އެކަމުގެ ސަބަބުން ބޭރުފައިސާއަށް އޮންނަ ޑިމާންޑު އިތުރުވެ، ތަކެތީގެ އަގުވެސް ދިޔައީ ދުވަހެއް ދުވަހަކަށް އުފުލެމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން، މާލީ ޚަރަދުތައް ކުޑަކުރުމަށް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، ރާއްޖޭގެ މާލީ ތަފާސްހިސާބުތަކަށް ރިޢާޔަތްކުރެއްވުމަށް ފަހު އެމަނިކުފާނު ވަނީ އަހަރުން އަހަރަށް އިތުރުވަމުންދާ ސަބްސިޓީގެ ޚަރަދުތައް ކުޑަކުރެއްވުމަށް މަސައްކަތްޕުޅުތަކެއް ކުރައްވާފައެވެ. މިގޮތުން، 2022ވަނަ އަހަރުން 2023 ވަނަ އަހަރަށް %4.4 އިތުރުވެފައިވާ ސަބްސިޑީގެ ޚަރަދުތައް، މިދިޔަ އަހަރުގެ ނޮވެމްބަރުން ފެށިގެން މިއަހަރުގެ ނޮވެމްބަރާ ހަމައަށް %3.6 ވަނީ ކުޑަކުރައްވާފައެވެ.
އާސަންދާގެ ޚަރަދުތަކަށް ކަޅިހިންގާލުމުން ވެސް ފެނިގެންދަނީ، 2023ވަނަ އަހަރުން، 2024ވަނަ އަހަރަށް، %0.3، އާސަންދަގެ ޚަރަދުތައް ކުޑަކުރެވިފައިވާކަމެވެ.
ނިޒާމަށް އަންނަ ބަދަލުތައް މަރުހަލާތަކަށް ބަހާލައިގެން ތަންފީޒު ކުރާނެ ކަމަށް ވިދާޅުއަދި މިކަމުގެ ސަބަބުން ރައްޔިތުންނަށް ބުރައެއް އުފުލަން ނުޖެހޭގޮތަށް މިކަންކަން ތަންފީޒުކުރައްވާނެ.
މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވިއެވެ.