ޚަބަރު
އިމިގްރޭޝަންގެ ޔުނިފޯމްއަޅައިގެން ބަޔަކު ފޭރެނީ!
ސްކޭމް ކޯލްތަކަށް އަހުލުވެރިކުރުވުމަށް ހަދައިފައިވާ ޕޯސްޓަރެއް. ފޮޓޯ:އިންޓަރނެޓް
މޯލްޑިވްސް އިމިގްރޭޝަންގެ ޔުނިފޯމް އަޅައިގެން ބަޔަކު ފޭރެމުންދާ ކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.
އިމިގްރޭޝަނުން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ވަޓްސްއެޕް މެދުވެރިކޮށް ރާއްޖެއިން ބޭރު ޤައުމެއްގެ ނަންބަރުން އަންނަ ވީޑިއޯ ކޯލްތަކެއްގައި އިމިގްރޭޝަން ޔުނިފޯމް އާއި ވައްތަރު ޔުނިފޯމެއް އަޅައިގެން ތިބޭ ބަޔަކު، އާންމުންނަށް ގުޅައި އެމީހުންގެ ޒާތީ މަޢުލޫމާތާއި، ބޭންކު ކާޑުގެ މަޢުލޫމާތު ހޯދަމުންދާކަން އެ އިދާރާއަށް ފާހަގަކުރެވިފައިވާކަމަށެވެ.
އެއާއި އެކު އިމިގްރޭޝަނުން ބުނެފައިވައިވަނީ އެއީ އެއްވެސް ހާލެއްގައި އިމިގްރޭޝަން އޮފިސަރުންގެ ޢަމަލެއް ނޫންކަމުގެ ޔަޤީންކަން ދޭކަމަށެވެ.
"އަދި މިފަދަ ސްކޭމް ކޯލްތަކަށް ސަމާލުވުމަށް އެންމެހާ ފަރާތްތަކަށް އިލްތިމާސްކުރަން" - އިމިގްރޭޝަނުން ބުނެފައިވެއެވެ.
"ވަޓްސްއެޕް" މެދުވެރިކޮށް ރާއްޖެއިން ބޭރު ޤައުމެއްގެ ނަންބަރުން އަންނަ ވީޑިއޯ ކޯލްތަކެއްގައި އިމިގްރޭޝަން ޔުނިފޯމް އާއި ވައްތަރު ޔުނިފޯމެއް އަޅައިގެން ތިބޭ ބަޔަކު، އާންމުންނަށް ގުޅައި އެމީހުންގެ ޒާތީ މަޢުލޫމާތާއި، ބޭންކު ކާޑުގެ މަޢުލޫމާތު ހޯދަމުންދާކަން މި އިދާރާއަށް ވަނީ…
— Maldives Immigration (@ImmigrationMV) September 9, 2024
ސަރުކާރުގެ އެކި އިދާރާތަކުގެ ނަމުގައި ކުރާ މިފަދަ ފޯނު ކޯލު ތަކަށް ސަމާލުވުމާއި، އެފަދަ ސްކޭމް ތަކުގައި ނުޖެހުމަށް ކަމާ ބެހޭ ފަރާތްތަކުން އަބަދުވެސް ދަނީ އިލްތިމާސް ކުރަމުންނެވެ.