ސައިންސް

ރައިޓިންގ ތެރަޕީ؛ ލިއުމުގެ ފަރުވާއެއް

ރައިޓިންގ ތެރަޕީ؛ ލިއުމުގެ ފަރުވާއެއް

ޖަރނަލިންގ: ފޮޓޯ

19 ޑިސެމްބަރު 2024، 08:16

ކޮންމެ މީހަކީ ވެސް، ދިރިއުޅުމުގެ ކޮންމެވެސް ހިސާބަކުން ހާސްކަމާއި ފިކުރުބޮޑުވުމާއި ކުރިމަތިލާން ޖެހިފައިވާނެ މީހެކެވެ. މިފަދަ އުނދަގޫ ދުވަސްތަކަކަށް ފަހު، އަލުން އަމިއްލަ ފައިމައްޗަށް ތެދުވެ، އިހުއުޅުނު ދިރިއުޅުމައިގެން ކުރިއަށް ދިއުމަށް ފަށައިގަންނަން އުނދަގޫވުމަކީ ކޮންމެ މީހަކަށް ވެސް ކުރަންޖެހިފައިވާނެ ތަޖުރިބާއެކެވެ.

ނަފްސާނީ ދުޅަހެޔޮކަން ލިބިގަތުމަށް ބައެއްމީހުންނަށް ބޭނުންވާނީ ކަމާގުޅުންހުރި މާހިރެއް ލަފަޔާއި ވާގިވެރިކަމެވެ. ބައެއްމީހުން އެމީހުންގެ ރަޙްމަތްތެރިންނާ ކަންކަން ހިއްސާ ކޮއްލައިގެން، ނުވަތަ ޢާއިލާގެ މެންބަރުންނާއެކު ވަގުތު ހޭދަކޮއްލައިގެން، ނުވަތަ ދުވެލައި ކަސްރަތުކޮށްލުމަށް ފަހު އަރާމު ނިންޖެއް ނިދައިލައިގެން ވެސް، އެމީހުންގެ ސިކުނޑީގެ ކާނާ ލިބިގަނެއެވެ. 

ނަފްސާނީ ދުޅަހެޔޮކަން ލިބިގަތުމަށް ކުރެވިދާނެ އެންމެ ތަފާތު އެއް ފަރުވާއަކީ ރައިޓިންގ ތެރަޕީ ހޯދުމެވެ. ރައިޓިންގ ތެރަޕީއަކީ، ތަފާތު ގޮތްގޮތަށް މީހުން ލިބިގަންނަމުންދާ ނަފްސާނީ ފަރުވާއެކެވެ. ގޭގައި އެކަނި އިނދެ، އަމިއްލަ ޙިޔާލުތައް ފޮތެއްގައި ލިޔެލައިގެން، ނުވަތަ އެހެން ބަޔަކާ އެކު މަޝްވަރާކޮށް، ޓީމް ވޯކެއްގެ ގޮތުގައި ލިޔެލައިގެން، ނުވަތަ ނަފްސާނީ ދުޅަހެޔޮކަމަށް މަސައްކަތްކުރާ ސައިކޮލޮޖިސްޓެއްގެ އެހީގައި ވެސް ރައިޓިނަގ ތެރަޕީ ކުރިއަށް ގެންދެވިދާނެއެވެ. 

ރައިޓިންގ ތެރަޕި ކާމިޔާބުކުރުމަށް ކުރެވިދާނެ މުހިންމު ކަންތައްތައް:

1. ބޮޑަށް ފަސޭހައީ ފޮތެއްގައި ލިޔުންތޯ، ނުވަތަ ބޮލޮގެއްގައި ޓައިޕްކުރުންތޯ، ނުވަތަ އޮންލައިން ޖަރނަލިންގްތޯ ތަޖުރިބާކޮށް ދެނެގަތުން. 

2. ބޮޑަށް ކަމުދަނީ ފޮތެއްގައި ކިޔުންކަމަށް ވާނަމަ ވަކި ޚައްސަ ފޮތެއް ރައިންގ ތެރަޕީއަށް ޚާއްސަކޮށް ފަރުމާކުރުން. 

3. ކޮންމެ ދުވަހަކު ވެސް ވަކި އަދަދަކަށް ލިޔުމަށް ލަނޑުދަނޑިއެއް ކަނޑައެޅުން.

4. ދުރާލާ ލިޔާނެ ތަނަކާއި ވަގުތެއް ކަނޑައަޅާފައި ބެއްވުން.

5. ލިޔަނީ ކޮން މަޤްސަދެއްގައި ކަން ހަނދާނުގައި ބެހެއްޓުން.

ދެން، ލިޔުމަށް މި 5 ހަރުފަތް ބޭނުން ކުރެވިދާނެއެވެ. އެއީ:

1. ލިޔަން ބޭނުންވަނީ ކޮން ކަމަކާ ބެހޭގޮތުންކަން ފުރަތަމަ ލިޔެލުން.

2. ލޯމަރާލުމަށް ފަހު، ލިޔަން ގަސްތުރާ ކަންތައްތަކާ ބެހޭގޮތުން ފުންކޮށް ވިސްނައިލުން.

3. ލޯހުޅުވުމަށް ފަހު މާބޮޑަށް ނުވިސްނާ، ހިތައް އަރަމުންދާ އެއްޗެހި ލިޔަމުން ދިޔުން.

4. ގަޑިޖެއްސުން. 15 ވަރަކަށް މިނެޓު މަދުވެގެން ނުހުއްޓި ލިޔުމަށް މަސައްކަތްކުރުން.

5. ނިންމާލުމަށްފަހު، ލިޔެވުނު ޚިޔާލުތައް އަލުން ކިޔާލާ، ލިޔެވުނު އެއްޗިހީގެ ކުރު ޚުލާސާއެއް 2 ޖުމުލައިން ލިޔެލުން. 

ހަނދާނުގައި ބަހައްޓަންވީ ކަންތައްތައް:

1. މަދު ޖުމުލަކޮޅެއް އެކަނި ލިޔެވުމަކީ މައްސަލައެއް ނޫންކަމާއި، އަމިއްލަ ދުވެލީގައި ލިޔުމަކީ ހަމަ އެންމެ ބުއްދިވެރި ގޮތްކަން.

2. ލިޔެވޭ އެއްޗިހީގެ ފެންވަރާމެދު ވިސްނުމުގެ ބަދަލުގައި ލިޔުމަށް ވަގުތު ދެވޭތޯ މަސައްކަތްކުރުން.

3. އެހެން އެއްވެސް މީހަކަށް ތިމާ ލިޔާ އެއްޗިހި ފެންނަން ނުޖެހޭކަން ހަނދާނުގައި ބަހައްޓައިގެން ލިޔުން

ރަޓިންގ ތެރަޕީއަކީ ފަށައިގަންނަން އުނދަގޫވެދާނެ ހަރަކާތެކެވެ. ހަނދާނުގައި ބަހައްޓަންވީ އެންމެ އުނދަގޫވާނީ ފުރަތަމަ ހަރުފަތް ގިރާކުރަންކަމެވެ. ޖަރނަލްކުރަން ފެށުމަށް ފަހު، ތަފާތު މީސްމީޑިއާގެ ވިޔުގަތަކުން ފެންނަ ގޮތްތައް ލިޔުމުގެ ތެރޭގައި ބެނުންކުރުމަކީ، ކަމުގެ ތެރެއަށް މީހާ ވައްދައިލަދޭ، ބުއްދިވެރި އުކުޅެކެވެ.

މި ލިޔުން ކިޔާލުމުން