Ads by Exprox

ޚަބަރު

ޓޯކުރި ސައިކަލާއި ހަވާލުވާން ގޮސް ޕޮލިސް ސްޓޭޝަނަށް ގެއްލުންދީފި!

ޓޯކުރި ސައިކަލާއި ހަވާލުވާން ގޮސް ޕޮލިސް ސްޓޭޝަނަށް ގެއްލުންދީފި!

ޕޮލިސް ސްޓޭޝަނަށް ގެއްލުންދިން މައްސަލައިގައި ހައްޔަރުކުރި ޒައިދާން. ފޮޓޯ: ފުލުހުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

09 ސެޕްޓެމްބަރު 2024، 02:57

09 ސެޕްޓެމްބަރު 2024، 02:57

ޓޯކުރި ސައިކަލާއި ހަވާލުވާން ގޮސް ޕޮލިސް ސްޓޭޝަނަށް ގެއްލުންދީފިއެވެ.

ފުލުހުން ޓޯކުރި މިސައިކަލަކީ ބާރު ސްޕީޑްގައި ދުއްވައިފައި ދިޔުމުގެ ސަބަބުން ހުއްޓުވައި ފުލުހުން ޓޯކުރި ސައިކަލެކެވެ.

ސައިކަލާއި ހަވާލުވާން ދިޔަ މީހާ ގެއްލުންދީފައިވަނީ ހުޅުމާލޭ ޕޮލިސް ސްޓޭޝަނަށެވެ. 

މިކަމާ ގުޅިގެން ފުލުހުން ބުނެފައިވަނީ، ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަންގެ ހުޅަނގުފަރާތު ދޮރުގެ ލައިޓް ތަޅާލި މީހަކު ރޭ 4:15 އެހާކަންހާއިރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

އަދި މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ކ. މާލެ، ހ. ހެމަވަތީ، ޒައިދާން މުޙައްމަދު ޒާހިރު ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ދީފައިވާ މަޢުލޫމާތުން އިނގޭ ގޮތުގައި ޒައިދާން މުޙައްމަދު ޒާހިރަކީ ނުރައްކާތެރިކޮށް ސައިކަލު ދުއްވުމުން އޭނާގެ ސައިކަލު ފުލުހުން ޓޯކުރުމުން ސައިކަލާ ހަވާލުވުމަށް ޕޮލިސް ސްޓޭޝަނަށް ހާޒިރުވި މީހެކެވެ.

އަދި ޒައިދާން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައި ފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި 1 ރަބަރު ޕެކެޓް އޭނާ ލައިގެން ހުރި ޖީންސްގެ ގެ ޖީބުން ފެނިފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Ads by Stelco