Ads by Exprox

ޚަބަރު

ޚިދުމަތުގެ އަލިމަސްޔޫބީލާ ހަމަޔަށް ވާސިލްވެފައިވާއިރު، ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ޤައުމު ބިނާކުރުމުގައި ދެވިފައިވާ ޚިދުމަތް : ފަހުމީ

ޚިދުމަތުގެ އަލިމަސްޔޫބީލާ ހަމަޔަށް  ވާސިލްވެފައިވާއިރު،  ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ޤައުމު ބިނާކުރުމުގައި ދެވިފައިވާ ޚިދުމަތް : ފަހުމީ

ސްޓެލްކޯގެ އެމްޑީ ހުސެއިން ފަހުމީ. ފޮޓޯ:ސްޓެލްކޯ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

20 ޑިސެމްބަރު 2024، 05:17

20 ޑިސެމްބަރު 2024، 05:17

ކަރަންޓު ޚިދުމަތުގެ އަލިމަސްޔޫބީލާއި ހަމަޔަށް ވާސިލްވެފައިވާއިރު، ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ޤައުމު ބިނާކުރުމުގައި މި ދާއިރާއިން ދެވިފައިވާ ޚިދުމަތް ކަމަށް ސްޓޭޓް އިލެކްޓްރިކްސް ކޮމްޕެނީ ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ ޙުސެއިން ފަހުމީ ވިދާޅުވެއްޖެއެވެ.

ފަހުމީ މިހެން ވިދާޅުވީ ސްޓެލްކޯގެ ޚިދުމަތް ފެށިގެން ދިޔަތާ މިއަދަށް 75 އަހަރު ފުރުމާއި ގުޅިގެން އެކްސްގައި ކުރެއްވެވި ޕޯސްޓެއްގައެވެ.

ފަހުމީ ވިދާޅުވީ ކަރަންޓުގެ ޚިދުމަތުގެ އަލިމަސްޔޫބީލާއި ހަމަޔަށް މިއަދު އަޅުގަނޑުމެން ވާސިލްވެފައިވާއިރު، ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ޤައުމު ބިނާކުރުމާއި، ތަރައްޤީއާއި ތަހުޒީބަށް މަގުފަހިކޮށްދީ، އިންސާނީ އަދި އުމްރާނީ ތަރައްޤީއަށް ކަރަންޓުގެ ޚިދުމަތްތެރީން އިޚްލާޞްތެރިކަމާއެކު ކޮށްދީފައިވާ އަދި ކޮށްދެމުންގެންދާ އަގުހުރި މަަސައްކަތްތަކެއްކަމަށެވެ.

މީގެެއިތުރުން މި ކާމިޔާބީގެ ވާހަކަތައް ތާރީޚުގައި ލިޔެވިގެންދާއިރު، މި ސިނާއަތުގައި މަސައްކަތްކުރައްވާ މުވައްޒަފުންނާމެދު އެމަނިކުފާނު ފަޚުރުވެރިވާކަމަށް ފަހުމީ ވިދާޅުވެފައިވެއެވެ.

ޝައްކެއްނެތް ގޮތުގައި، އެކިއެކި ގޮންޖެހުންތަކާ ކުރިމަތިލައްވައިގެން، ކާމިޔާބީގެ ހަރުފަތްތައް ގިރާކުރައްވަމުން އަލިމަސް ޔޫބީލްއާ ހަމައަށް ވާޞިލުވުމުގައި، މި ސިނާއަތުގައި އެކި ދުވަސްވަރު މަސައްކަތްކޮށްދެއްވާފައިވާ ބޭފުޅުން ޤައުމާއި ރައްޔިތުންގެ ކުރިއެރުމަށް ކޮށްދެއްވި ޚިދުމަތްތަކަށާއި، އަދި މިހާރު ތިއްބެވި ބޭފުޅުން މެދުކެނޑުމެއް، ފޫހިކަމެއް އަދި ވަރުބަލިކަމެއްނެތި ކޮށްދެއްވަމުންގެންދަވާ އަގުހުރި ޚިދުމަތްތަކަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން

ފަހުމީ ވިދާޅުވެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ ވެރިކަމުގައި މި ސިނާއަތުގެ ކުރިމަގު އޮތީ ވަރަށްވެސް އުޖާލާކޮށް ކަމަށް ފަހުމީ ވިދާޅުވިއެވެ. އަދި އެމަނިކުފާނުގެ އިހްލާސްތެރި ދުޢާ އަކީ ސްޓެލްކޯއިން ދެމުންގެންދާ ޤައުމީ ޚިދުމަތުގައި މާތްﷲ ބަރަކާތްލައްވައި އިތުރު ފާގަތިކަން މިންވަރުކުރެއްވުން ކަމަށް ފަހުމީގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.

ސްޓެލްކޯގެ ޚިދުމަތް ފެށިގެން ގޮސްފައިވަނީ 1949  ވަނަ އަހަރުއެވެ. އެންމެ ފުރަތަމަ ސްޓެލްކޯއިން ޚިދުމަތް ދޭން ފަށައިފައިވަނީ 14 ކިލޯވޯޓުގެ އިންޖީނަކުންނެވެ. އޭރު ޚިދުމަތް ދެމުންގެންދިޔައީ ހަމައެކަނި މާލެއަށެވެ.

ސްޓެލްކޯ އުފެދިގެން ފުރަތަމަ އެކުންފުނީގެ ޚިދުމަތް ދެމުންދިޔައީ ޑިޕާޓްމެންޓް އޮފް އިލެކްޓްރިސީޓީ މި ނަމުގެ ދަށުންނެވެ. އަދި އޭގެ ފަހުން މޯލްޑިވްސް އިލެކްޓިރިސިޓީ ބޯޑު މިނަމުގެ ދަށުންވެސް އެކުންފުނީގެ ޚިދުމަތް ދީފައިވެއެވެ.

ސްޓެލްކޯގެ ނަމުގައި ކުންފުނީގެ ޚިދުމަތް ފަށައިގަނެފައިވަނީ 1997 ވަނަ އަހަރުއެވެ. ފުރަތަމަ ފަށައިގަތް އިރު ހަމައެކަނި ވެރިރަށް މާލެ އަށް ޚިދުމަތް ދިން ނަމަވެސް މިހާރު ރާއްޖޭގެ 33 ރަށަކަށް ސްޓެލްކޯއިން ކަރަންޓުގެ ޚިދުމަތްދެމުންދެއެވެ.

މި ލިޔުން ކިޔާލުމުން

Ads by Stelco