Ads by Exprox

ޚަބަރު

އެމެރިކާގެ ވިސާ ލަންކާއަށް ނުގޮސް ރާއްޖެއިން ހަމަޖޭހެނެ ގޮތް ހަމަޖައްސަވައިދެއްވުމަށް އެދިއްޖެ!

އެމެރިކާގެ ވިސާ ލަންކާއަށް ނުގޮސް ރާއްޖެއިން ހަމަޖޭހެނެ ގޮތް ހަމަޖައްސަވައިދެއްވުމަށް އެދިއްޖެ!

ޚާރިޖީ ވަޒީރު މޫސާ ޒަމީރު. ފޮޓޯ: ރައީސް އޮފީސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

10 ސެޕްޓެމްބަރު 2024، 02:41

10 ސެޕްޓެމްބަރު 2024، 02:41

ހުލާސާ


އެމެރިކާއަށް ދާ ފަރާތްތަކަަށް އެމެރިކާގެ ވިސާ ސްރީލަންކާ އަށް ނުގޮސް ރާއްޖެއިން ހަމަޖެހޭނެ ގޮތް ހައްދަވައިދެއްވުމަށް ޚާރިޖީ ވަޒީރު މޫސާ ޒަމީރު އެދިވަޑައިގެންފިއެވެ.

ވަޒީރު ޒަމީރު މިފަދައިން އެދިވަޑައިގެންފައިވަނީ ރާއްޖޭގައި އެމެރިކާ އެމްބަސީ ޤާއިމުވިތާ އެއް އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ހަފްލާގައި ވާހަކަފުޅުދައްކަވަމުންނެވެ.

ޚާރިޖީ ވަޒީރު ޒަމީރުގެ ވާހަކަފުޅުގައި ރާއްޖެއާއި އެމެރިކާއާ ދެމެދު އޮތް ގުޅުމަށް އަލިއަޅުވާލައްވައި ވާހަކަފުޅުދައްކަވައިފައިވެއެވެ. 

އެގޮތުން އެމަނިކުފާނު ވިދާޅުވެފައިވަނީ ދެ ޤައުމުގެ ގުޅުން ވޭތުވެ ދިޔަ އަހަރުތަކުގެ ތެރޭގައި އިތުރަށް ބަދަހިވެ އެކުގައި ގިނަ މަސައްކަތްތަކެއް ކުރެވޭކަމަށެވެ.

އޭގެ ތެރޭގައި، މިދިޔަ ޖުލައި މަހު އެމެރިކާއާއި ރާއްޖެއާއި ދެމެދު 3 ވަނަ ޓްރޭޑް އެންޑް އިންވެސްޓްމެންޓް ފްރޭމްވޯކް އެގްރިމެންޓްގެ މަޝްވަރާތައް ކުރިއަށްދިޔަކަން ވަޒީރު ފާހަގަ ކުރެއްވެވިއެވެ.

މީގެއިތުރުން، އެމެރިކާއާއި ރާއްޖޭގެ ގުޅުމުގެ ތެރެއިން ލިބެން އޮތް އެންމެ ބޮޑު ކުރިއެރުމަކީ ޕޭޕަލްގެ ޚިދުމަތްކަން ފާހަގަކުރައްވާ ވަޒީރު ޒަމީރު ވިދާޅުވީ، ރާއްޖެ އަކީ ކުޑަ މާކެޓެއް ނަމަވެސް، އެމެރިކާގެ އެހީގައި ހުރި ގޮންޖެހުންތައް ނައްތާލާ ޚިދުމަތް ލިބެން ފެށުމުން އޭގެ ފައިދާ އިޤްތިޞާދަށް ވަރަށް ބޮޑަށް ކުރާނެ ކަމަށެވެ. 

 

 

މި ލިޔުން ކިޔާލުމުން

Ads by Stelco