ޚަބަރު
މުސްލިމުން އެއްވެސް ކަމެއްގައި ޣައިރު ދީންތަކުގެ މީހުންނާ އެއްގޮތަށް އުޅެގެންނެއް ނުވާނެ: ޚުޠުބާ

ރާއްޖޭގެ ރަށެއްގައި ކްރިސްމަސް ފާހަގަކުރުމަށް ހަރުކުރި ކްރިސްމަސް ޓްރީ އެއް ފުލުހުން ގެންދަނީ. ފޮޓޯ: ފޭސްބުކް
މުސްލިމުން އެއްވެސް ކަމެއްގައި ޣައިރު ދީންތަކުގެ މީހުންނާ އެއްގޮތަށް އުޅެގެންނެއް ނުވާނެކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.
"ޣައިރުދީންތަކުގެ ޝިޢާރުތައް ފާޅުކުރުން" މިމައުޟޫއަށް މިއަދު އިއްވި ޚުޠުބާގައި ބުނެފައިވަނީ އަހުރެމެންގެ އިސްލާމްވަންތަކަމާއި ދީނީ ޝަޚްޞިއްޔަތު ދެމެހެއްޓުމަކީ، އިސްލާމީ ޝަޢީރާގެ ތެރޭގައި ހިމެނޭ ކަމެއްކަމަށެވެ.
އަދި ހުރިހާ ދަންނަބޭކަލުން އެއްބަސްވެވަޑައިގަންނަވާ ގޮތުގައި މުސްލިމުން އެއްވެސް ކަމެއްގައި ޣައިރު ދީންތަކުގެ މީހުންނާ އެއްގޮތަށް އުޅެގެންނެއް ނުވާނެ ކަމަށް ޚުޠުބާގައި ބުނެފައިވެއެވެ.
އެއީ ޢަޤީދާގެ ކަމެއްކަމުގައި ވިޔަސް، އަޅުކަމުގެ ކަމެއް ކަމުގައި ވިޔަސް، އަޚުލާޤުގެ ކަމެއް ކަމުގައި ވިޔަސް ކަމަށާއި، އެ މީހުންގެ ޚާއްޞަ އާދަކާދަތަކުގެ ތެރެއިން ކަމެއް ކަމުގައި ވިޔަސް އަދި އެހެން ދީންތަކުގެ ޢީދުތައް ފާހަގަކުރުމުގައި ބައިވެރިވުން ފަދަ ކަމެއްކަމުގައި ވިޔަސް، އަހުރެމެން މުސްލިމުން އެ މީހުން ކޮޕީކޮށް، ނަކަލުކޮށް، އެއްގޮތްވުމަކީ ހުއްދަވެގެންވާ ކަމެއްނޫން ކަމަށްވެސް ޚުޠުބާގައި ބުނެފައިވެއެވެ.
އަޅުކަމުގެ ގޮތުން ކުރެވޭ ކަންކަމުގައި އެހެން ބަޔަކު ކޮޕީކުރުމަކީ ނުވަތަ އެހެން ބަޔަކާ އެއް ގޮތަށް ޢަމަލުކުރުމަކީ އިސްލާމީ އުންމަތުގެ ޝަޚްޞިއްޔަތު ފުނޑުފުނޑުވެ، މި ދީނުގެ އަމިއްލަވަންތަކަން ގެއްލޭނެ ކަމެއްކަމަށް ޚުޠުބާގައި ބުނެފައިވެއެވެ.
މުސްލިމުން ކްރިސްމަސް ފާހަގަކުރުމާއި މި އިޙުތިފާލުތަކުގައި ބައިވެރިވުމަކީ އިސްލާމްދީން ހުއްދަކުރާ ކަމެއްނޫން ކަމަށާއި، ކްރިސްމަސްގަހާއި ސެންޓަ ކްލޯސް ފަދަ ނަޞާރާއިން އެ މީހުންގެ ދީނަށް ނިސްބަތްކޮށް، ކުރާ ކަންތައްތައް މި ޢީދުގެ ތެރޭގައި ހިމެނޭ ކަަމަށް ޚުޠުބާގައި ބުނެފައިވެއެވެ.
“ޣައިރު ދީނުގެ ޢީދުތައް ފާހަގަކުރުމުގައި އަހުރެމެން މުސްލިމުން ބައިވެރިވުމަކީ ޙަރާމްކަމެއް، ޚާއްޞަ ކޮށް މިފަދަ ޢަމަލުތަކުން އަހުރެމެން ރާއްޖޭގެ މުޖުތަމަޢުތައް ސަލާމަތްވާންޖެހޭނެ” ޚުޠުބާގައި ބުނެފައިވެއެވެ.
ދީނާ ޚިލާފު ފިކުރުތަކުގެ އަހުލުވެރިން މުސްލިމުންގެ ހިތްތަކަށް ވެރިވެގަތުމަށް ޓަކައި ތަފާތު ދަޅަތަކާއި މަޅިތައް ޖަހައިގެން މުސްލިމުން އެ މީހުންގެ ޢަޤީދާއާއި ދީން މަނާކުރާ ކަންތައްތަކުގެ ތެރެއަށް ވައްޓައިލުމަށް މަސައްކަތް ކުރެއެވެ. އެ މީހުންނަށް ތަބަޢަވެއްޖައުމަށް ދާންދެން އެ މީހުން މި މަސައްކަތް ހުއްޓައިނުލާނެކަން މާތް ﷲ ވަނީ އަންގަވައިފައިވާ ކަމަށް ޚުޠުބާގައި ބުނެފައިވެއެވެ.
ހެޔޮ ލަފާ އިސްލާމީ މުޖުތަމަޢެއް ބިނާކުރެވޭނީ އިސްލާމީ ޘަޤާފަތު ފަތުރައިގެން ކަމަށާއި، އިސްލާމީ ޢަޤީދާއާއި އަޚުލާޤުގެ މަތީގައި ޢާއިލާ ބިނާކުރެވިގެންނެވެ. އިސްލާމީ މުޖުތަމަޢުގެ ބިންގަލަކީ ޢަޤީދާ ކަމަށް ޚުޠުބާގައި ބުނެފައިވެއެވެ.
ޣައިރު މުސްލިމުންގެ ޢީދުތަކާއި އެއުރެންގެ އަޤީދާއާ ގުޅިފައިވާކަންކަމުގައި ބައިވެރިވުން ޙަރާމްވުމަކީ، އެއުރެންނާ މެދު އިޙުސާންތެރިވެ ޢަދުލުވެރި ނުވާންވީ ސަބަބެއްނޫން ކަމަށާއި، ދިނާއި އަޤީދާއާ ގުޅުން ހުރި ކަންކަމަކީ ވަކި މައްސަލައެއް ކަމަށް ޚުޠުބާގައި ބުނެފައިވެއެވެ. މުސްލިމުންނާއި ޣައިރު މުސްލިމުންގެ ގުޅުމުގެ އަޞްލަކީ، އަނިޔާވެރިނުވާހައި ހިނދެއްގައި، ޞުލްހަވެރިކަމާއި އަދުލުވެރިކަން ބޭއްވުމެވެ. ޣައިރު މުސްލިމުންނަށް ހެޔޮކޮށް ހިތައި އިޙުސާންތެރިވެ ޢަދުލުވެރިވުމަކީ މުސްލިމުންނަށް މާތް ﷲ އަމުރުކުރައްވައިފައިވާ ކަމެއް ކަމަށާއި،