Ads by Exprox

ޚަބަރު

ހުޅުމާލެއިން ހަތަރުފުރޮޅުލީ އުޅަނދުތައް ޕާކުކުރުމަށް ޚާއްސަ ބިމެއް ހަމަޖައްސައިފި!

ހުޅުމާލެއިން ހަތަރުފުރޮޅުލީ އުޅަނދުތައް ޕާކުކުރުމަށް ޚާއްސަ ބިމެއް ހަމަޖައްސައިފި!

ހުޅުމާލެއިން ހަތަރު ފުރޮޅުލީ އުޅަނދު ޕާކުކުރުމަށް ޚާއްސަކުރި ބިން. ފޮޓޯ:ޕީއެސްއެމް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

09 ސެޕްޓެމްބަރު 2024، 09:24

09 ސެޕްޓެމްބަރު 2024، 09:24

ހުލާސާ


ހަތަރުފުރޮޅުލީ އުޅަނދުތައް ޕާކުކުރުމަށް ޚާއްޞަ ބިމެއް ހުޅުމާލެއިން ހަމަޖައްސައިފިއެވެ. 

ހަތަރުފުރޮޅުލީ އުޅަނދު ޕާކުކުރުމަށް ހުޅުމާލެއިން ހަމަޖައްސާފައިވަނީ ހުޅުމާލެ ސަހަރާ މިސްކިތް ކުރިމައްޗަށް އޮތް ބިމެވެ. 90،000 އަކަފޫޓުގެ މި ބިމުގެ 50،000 އަކަފޫޓް ޚާއްޞަކޮށްފައިވަނީ ޓެކްސީތައް ފަދަ ހަތަރުފުރޮޅުލީ ވެހިކަލްތަކަށެވެ. އަދި 40،000 އަކަފޫޓްގެ ސަރަޙައްދު ޚާއްސަކޮށްފައިވަނީ ހުޅުމާލެ މަގުތަކުގައި ޤަވައިދާ ޚިލާފަށް ޕާކްކޮށްފައި ހުންނަ ވެހިކަލްތައް ޓޯ ކޮށްގެން ގެނެސް ބެހެއްޓުމަށެވެ. 

މި ބިމުގައި ޕާކްކުރުމަށް ހުޅުވާލުމުގެ ކުރިން ބިން ސާފުކުރުމުގެ މަސައްކަތާއި ބިމުގެ ފަސްގަނޑު އެއްވަރުކުރުކޮށް ހަރުކުރުމުގެ މަސައްކަތްތައް މިހާރު އަންނަނީ ކުރަމުންނެވެ.

ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވީ ކުރިއަށް އޮތް 2 ދުވަހުގެ ތެރޭގައި އެ ބިމުގައި ޕާކްކުރުމުގެ ފުރުޞަތު ލިބޭނެކަމަށެވެ.

މީގެއިތުރުން ވަޒީރު އަމީން ވިދާޅުވީ  މާލެ ސަރަހައްދުގައި ހުސްކޮށް އޮތް ބިންތަކުގައި ވަގުތީގޮތުންނަމަވެސް ޕާކްކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަކީ މުހިއްމުކަމަކަށްވާތީ އެކަން ކުރުމުގެ މަސައްކަތްތައްވެސް ކުރައްވަމުންގެންދަވާކަމަށެވެ.

 

މި ލިޔުން ކިޔާލުމުން

Ads by Stelco