Ads by Exprox

ޚަބަރު

ސްޓެލްކޯއިން 5 މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން 50،000 އަށްވުރެ ގިނަ ގަސް އިންދައިފި

ސްޓެލްކޯއިން 5 މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން 50،000 އަށްވުރެ ގިނަ ގަސް އިންދައިފި

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ފޮޓޯ:ކޯޕަރޭޓް މޯލްޑިވްސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

22 ޑިސެމްބަރު 2024، 06:42

22 ޑިސެމްބަރު 2024، 06:42

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާން ކުރައްވާފައިވާ 5 މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން ސްޓޭޓް އިލެކްޓްރިކް ކޮންޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން މިހާތަނަށް 52،334 ގަސް އިންދާފައިވާކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.

ސްޓެލްކޯއިން ސޯޝަލް މީޑިޔާގައި ހިއްސާކުރި ޕޯސްޓެއްގައި ބުނެފައިވަނީ މި އަދަދަށް ގަސް އިންދާފައިވަނީ މިއަހަރުގެ ޖޫން މަހުގެ 5 ވަނަ ދުވަހުން ފެށިގެން އިއްޔެއާ ހަމައަށް ކަމަށެވެ. މި ޕްރޮގްރާމްގެ ދަށުން 500،000 ގަސް އިންދުމަށް ސްޓެލްކޯއިން ވަނީ އަމާޒުހިފާފައެވެ.



ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވެފައިވަނީ ސްޓެލްކޯގެ 500،000 ލައްކަ ގަސް އިންދުމުގެ އަމާޒަށް ވާޞިލުވުމަށް މަހަކު 8،340 ގަސް އިންދަމުންގެންދާން ކަމަށެވެ. އަދި ގަސް އިންދުމުގެ ޕްރޮގްރާމް ހިމެނޭހެން ރައީސުލްޖުމްހޫރިއްޔާގެ ކޮންމެ ވަޢުދެއްވެސް ވަނީ ކައިރި އަދި ދުރު މުސްތަޤުބަލުގައި އެއިން ރައްޔިތުންނަށް ކުރާނެ ފައިދާއަށް ބަލައިގެންކަމަށް އެމްޑީ ފަހުމީ ފާހަގަކުރެއްވިއެވެ.

މި ދައުރުގެ ތެރޭގައި 5 މިލިޔަން ގަސް އިންދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަޢުދުވެވަޑައިގެންނެވީ މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ 1 ވަނަ ދުވަހު ކޮޕް-28 ސަމިޓުގައި ދެއްވި ތަޤުރީރުގައެވެ. މި ޕްރޮގްރާމް ފަށާފައިވަނީ މިއަހަރުގެ ތިމާވެށީގެ ދުވަސްކަމުގައިވާ ޖޫން މަހުގެ 5 ވަނަ ދުވަހުއެވެ.

މި ޕްރޮގްރާމުގެ މައިގަނޑު މަޤްޞަދަކީ ރާއްޖެއިން ނެތެމުންދާ ގަސްތައް އަލުން އާލާކޮށް، ފެހިކަން އިތުރުކޮށް މާހައުލީ ނިޒާމު ދަމަހައްޓައި މޫސުމީ ބަދަލުތަކަށް ވިލުންތެރިކަން އިތުރުކުރުމެވެ. މި ޕްރޮގްރާމްގެ ސަބަބުން ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.
                    

މި ލިޔުން ކިޔާލުމުން

Ads by Stelco