Ads by Exprox

ޚަބަރު

ހިރިމަރަދޫ ރައްޔިތުން ތުލުސްދޫއަށް ބަދަލުކޮށްދޭން އެދިއްޖެ!

ހިރިމަރަދޫ ރައްޔިތުން ތުލުސްދޫއަށް ބަދަލުކޮށްދޭން އެދިއްޖެ!

ހިރިމަރަދޫ ކައުންސިލާއި އެކު ވަޒީރު އާދަމް ޝަރީފް ޢުމަރު ބޭއްވެވި ބައްދަލުވުމުގެ ތެރެއިން. ފޮޓޯ: ސިޓީ ތަކާބެހޭ ވުޒާރާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

10 ސެޕްޓެމްބަރު 2024، 02:15

10 ސެޕްޓެމްބަރު 2024، 02:15

ހދ. ހިރިމަރަދޫ ރައްޔިތުން ކ.ތުލުސްދޫ އަށް ބަދަލުކޮށްދޭން ހިރިމަރޫގެ ރައްޔިތުން އެދިއްޖެއެވެ. 

މިކަން ހާމަކޮށްފައިވަނީ ސިޓީ ތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތާ ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު އެކްސްގައި ކުރެއްވެވި ޕޯސްޓެއްގައެވެ. 

ވަޒީރު އާދަމް ޝަރީފްގެ ޕޯސްޓުގައި ވިދާޅުވެފައިވަނީ ހދ ހިރިމަރަދޫ ރައްޔިތުން އެހެން ރަށަކަށް ބަދަލުކުރުމަށް އެރަށުގެ ރައްޔިތުން ނިންމާފައިވާކަމަށެވެ. 

އަދި ހިރިމަރަދޫ ރައްޔިތުން އެދިފައިވަނީ އެރަށުގެ ރައްޔިތުން ކ.ތުލުސްދޫއަށް ބަދަލުކޮށްދިނުމަށް ކަމަށްވެސް ވަޒީރު ވިދާޅުވެފައިވެއެވެ. 

ހިރިމަރަދޫ ރައްޔިތުންގެ މިނިންމުން ވަޒީރު އާދަމް ޝަރީފާއި ޙިއްޞާ ކުރައްވައިފައިވަނީ އެރަށުގެ ކައުންސިލްގެ މެމްބަރުންނާ އެކު ބޭއްވި ބައްދަލުވުމެއްގައެވެ. 

https://twitter.com/Adamshareefz/status/1833045418399412652

މިބައްދަލު ވުމުގައި އެ ރަށު މީހުން، ބަދަލުކުރުމުގެ މަސައްކަތް އަވަސްކޮށްދެއްވުމަށް އެދިވަޑައިގެންނެވުމުގެ އިތުރުން މި ވަގުތު ދިމާވެފައިވާ ނެރުތިލަވުމުގެ މައްސަލައަށް އަވަސް ޙައްލެއް ހޯއްދަވައި ދެއްވުމަށްވެސް އެރަށުގެ ކައުންސިލުން އެދިފައިވާކަމަށް ސިޓީ ތަކާއި އިދާރީ ދާއިރާތައް ހިންގުމާ އާންމު މަސައްކަތާއި ބެހޭ ވުޒާރާއިން ބުނެފައިވެއެވެ. 

މި ލިޔުން ކިޔާލުމުން

Ads by Stelco