ޚަބަރު
މި ސަރަހައްދުގެ 7 ޤައުމެއްގެ ކުންފުނިތަކާއި ވާދަކޮށްގެން ޝަރަފްވެރި ދެ އެވޯޑެއް އެމްޕީއެލަށް
އެސް.އޭ.ޕީ.އެސް
"ސައުތު އޭޝިއަން ބިޒަންސް އެކްސެލެންސް އެވޯޑް 2024" ގެ ނަމުގައި ވިޔަފާރި ކުންފުނިތަކަށް ޚާއްސަކޮށްގެން ދެކުނު އޭޝިއާގެ ސަރަހައްދުގައި ދެމުން އަންނަ އެންމެ ޝަރަފްވެރި އެއް އެވޯޑް، ގެ މުހިންމު ދެ އެވޯޑެއް މޯލްޑިވްސް ޕޯރޓްސް ލިމިޓެޑްއަށް ލިބިއްޖެއެވެ.
މި އެވޯޑުތައް ހަވާލުކުރުމުގެ ރަސްމިއްޔާތު ބޭއްވާފައި ވަނީ، ޑިސެމްބަރ 20 ވަނަ ދުވަހު އިންޑިއާގެ ނިއުދިއްލީގައެވެ. މި ޙަފްލާގައި، އެމްޕީއެލްއަށް ލިބިފައި ވަނީ "އިނޮވޭޓިވް ލާނިންގ އެންޑް އޮގަނައިޒޭޝަނަލް ޑިވެލޮޕްމަންޓް ޕްރެކްޓިސް" އެވޯޑާއި "އިނޮވޭޓިވް ބިޒްނަސް ޓްރާންސްފޮމޭޝަން" އެވޯޑެވެ.
"އިނޮވޭޓިވް ބިޒްނަސް ޓްރާންސްފޮމޭޝަން" އެވޯޑަކީ އެމްޕީއެލްގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ލިބުނު އެވޯޑެކެވެ. ހަމައެހެންމެ، "އިނޮވޭޓިވް ލާނިންގ އެންޑް އޮގަނައިޒޭޝަނަލް ޑިވެލޮޕްމަންޓް ޕްރެކްޓިސް" އެވޯޑް ލިބިފައިވަނީ މުވައްޒަފުންނަށް ތައުލީމާއި ތަމްރީންތައް ދިނުމަށް ކުރަމުންދާ މަސައްކަތަށެވެ. އެމްޕީއެލަށް މި ދެ އެވޯޑްވެސް ލިބިފައިވަނީ ދެކުނު އޭޝިއާގެ 7 ޤައުމަކަށް ނިސްބަތްވާ ގިނަ ކުންފުނިތަކަކާ ވާދަކޮށްގެންނެވެ.
We are honored to have received two prestigious awards at the South Asian Business Excellence Awards 2024 held on 20th December in New Delhi, India!
— Maldives Ports Limited (@Portmv) December 22, 2024
MPL recieved the award for Innovative Learning & Organizational Development Award and Innovative Business Transformation Award.… pic.twitter.com/s5Olgplqcx
17 ދާއިރާއަކުން މި ޙަފްލާގައި އެކި ފަރާތްތަކަށް އެވޯޑު ދީފައިވެއެވެ. މިއީ ދެކުނު އޭޝިއާގެ ވާދަވެރިކަން ބޮޑު ވިޔަފާރީގެ މާހައުލެއްގައި ވިޔަފާރި ފުޅާކުރުމާއި، ތަރައްޤީކުރުމާއި، ޒަމާނީކުރުމަށް ކުންފުނިތަކުން ކުރަމުންދާ މަސައްކަތް ފާހަގަކުރުމަށް ދޭ އެވޯޑެކެވެ. މި އެވޯޑު ދެނީ އެކި ދާއިރާތަކުގެ ތަޖުރިބާކާރުން ހިމެނޭ ފަނޑިޔާރުންގެ ޕެނަލަކުން ކުންފުނިތަކުގެ ޕާފޯމަންސް އިވެލުއޭޓް ކުރުމަށްފަހުއެވެ.
މި ދެ އެވޯޑަކީ ވެސް އެމްޕީއެލްއަށް ލިބުނު ކުރިއެރުމެއްކަމަށް އެންޕީއެލުން ފާހަގަކުރައްވައެވެ.