Ads by Exprox

ޚަބަރު

ޤަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީންގެ ކެއިންބުއިން ހަމަޖައްސައިދޭ ފަރާތްތަކަށް ފިޔަވަޅުއަޅާން: ޝަމްޢާން

ޤަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީންގެ ކެއިންބުއިން ހަމަޖައްސައިދޭ ފަރާތްތަކަށް ފިޔަވަޅުއަޅާން: ޝަމްޢާން

އިމިގްރޭޝަން ކޮންޓްރޯލަރ ޝަމްޢާން ވަޙީދު. ފޮޓޯ:އިމިގްރޭޝަން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

10 ސެޕްޓެމްބަރު 2024، 02:46

10 ސެޕްޓެމްބަރު 2024، 02:46

ޤަވާޢިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ ކެއިންބުއިމާއި ނިދުން ހަމަޖައްސައިދޭ ފަރާތްތަކަށް ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން ފިޔަވަޅު އަޅާނެ ކަމަށް އިމިގްރޭޝަން ކޮންޓްރޯލަރ މުޙައްމަދު ޝަމްޢާން ވަޙީދު ވިދާޅުވެއްޖެއެވެ. 

ޝަމްޢާން މިހެން ވިދާޅުވި އޭނާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ޝަމްޢާން ވިދާޅުވީ ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޙާއްޞަ އިރުޝާދުގެ ދަށުން ޤަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން، އާންމު ސިއްޙަތުގެ ރައްކާތެރި ކަމަށާއި ސަލާމަތަށް ނުރައްކާވާފަދަ ގޮތަށް ޤަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީންނަށް ކެއިންބުއިމާއި، ނިދުމުގެ ކަންކަން ހަމަޖައްސައިދޭ ފަރާތްތަކާއިމެދު، ދިވެހިރާއްޖޭގެ އިމިގްރޭޝަން ޤާނޫނުގެ 33ވަނަ މާއްދާގެ ދަށުށް ފިޔަވަޅު އެޅޭނެ ކަމަށެވެ.



ރާއްޖޭގަ ޤަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދައި ބެލުމަށް އިމިގްރޭޝަނާއި ސަރުކާރުގެ ކަމާއި ބެހޭ އެހެން އިދާރާތަކުން ގުޅިގެން ދަނީ ބުރަ މަސައްކަތް ތަކެއް ކުރަމުންނެވެ. 

އެގޮތުން މިހާތަނަށް އެފަދަ ބިދޭސީން ހިންގާ ގިނަ ވިޔަފާރިތަކެއް ބަންދުކޮށް، ޤަވާޢިދާ ޚިލާފަށް އުޅޭ އެތައް ބިދޭސީއަކު ވަނީ ޑީޕޯޓްވެސް ކޮށްފައެވެ. 

މި ލިޔުން ކިޔާލުމުން

Ads by Stelco