Ads by Exprox

ޚަބަރު

މިމަހުގެ 21އާއި ހަމައަށް ރާއްޖެއަށް 1.9 މިލިއަން ފަތުރުވެރިން އައިސްފައިވޭ

މިމަހުގެ 21އާއި ހަމައަށް ރާއްޖެއަށް 1.9 މިލިއަން ފަތުރުވެރިން އައިސްފައިވޭ

ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންތަކެއް. ފޮޓޯ: އިންޓަރނެޓް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

23 ޑިސެމްބަރު 2024، 09:25

23 ޑިސެމްބަރު 2024، 09:25

މިމަހުގެ 21 އާއި ހަމައަށް ރާއްޖެއަށް 1.9 މިލިއަން ފަތުރުވެރިން އައިސްފައިވާ ކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ "ޑެއިލީ އަޕްޑޭޓްސް" އިން ދައްކައިފިއެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރައިން ޙިއްސާކޮށްފައިވާ "ޑެއިލީ އަޕްޑޭޓްސް"އިން ދައްކާގޮތުގައި 21 ޑިސެންބަރު 2024ވަނަ ދުވަހު ރާއްޖެއަށް 8552 ފަތުރުވެރިޔަކު އައިސްފައިވެއެވެ. 

ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި 1969،071 މިލިއަން ފަތުރުވެރިން 21 ޑިސެންބަރާއި ހަމައަށް ރާއްޖެއަށް ޒިޔާރަތް ކޮށްފައިވެއެވެ. 

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނައިން ފަތުުރުވެރިން އައިސްފައިވަނީ ޗައިނާއިންނެވެ. އެއީ 260،940 ފަތުރުވެރިންނެވެ. ދެވަނައަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ ރަޝިޔާއިންނެވެ. ރަޝިޔާއިން ރާއްޖެއަށް 216،092 ފަތުރުވެރިން އައިސްފައިވެއެވެ. 

ތިންވަނައަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ އިނގިރޭސިވިލާތުންނެވެ. އެއީ 173،939 ފަތުރުވެރިއެކެވެ. 

ސަރުކާރުގެ އަމާޒަކީ މިއަހަރު ނިމެންވާއިރަށް ރާއްޖެއަށް 2 މިިލިއަން ފަތުރުވެރިން ގެނައުމެވެ. އެހެންކަމުން މިއަމާޒަށް ވާސިލް ވުމަށް ތިރިސްހާހެއްހާ ފަތުރުވެރިން އަދި ރާއްޖެ އަންނަން ޖެހެއެވެ.

މިހާރު ކުރިއަށް މިދަނީ ފަތުރުވެރިކަމުގެ ސީޒަންގެ ދުުވަސްވަރުކަމުން ސަރުކާރުގެ އަމާޒަށް ވާސިލް ވެވޭނެ ކަމަށް ވަރަށް ބޮޑަށް އުންމީދުކުރެވެއެވެ. 

 

މި ލިޔުން ކިޔާލުމުން

Ads by Stelco