ޚަބަރު
ބަނގުރާ ބުއި މީހެއްގެ ގައިގައި ހައްދު ޖެހުމަށް ކްރިމިނަލް ކޯޓުން ޙުކުމް ކޮށްފި

ދިވެހި ރާއްޖޭގެ ކްރިމިނަލް ކޯޓު
ބަނގުރާ ބުއިި މީހެއްގެ ގައިގައި ހައްދު ޖެހުމަށް ކްރިމިނަލް ކޯޓުން ޙުކުމް ކޮށްފިއެވެ.
ބަނގުރާ ބުއި މައްސަލާގައި ކުށް ސާބިތުވެ 40 އެތިފަހަރުން ހައްދު ޖެހުމަށް ޙުކުމް ކޮށްފައިވަނީ ބ.އޭދަފުށީ، ކުއްޅަވައްގެ، ޢަބްދުލްފައްތާޙް ޙަސަންގެ މައްޗަށެވެ.
ޢަބްދުލްފައްތާޙުގެ މައްޗަށް ދައުލަތުން ކޮށްފައިވަނީ 22 ޖުލައި 2024ގެ ރޭގަނޑު ކާނިވާ ސަރަހައްދުގައި ޕާކުކޮށްފައި އޮތް އޭނާގެ ކާރުން ބަނގުރާ ފެނި އެބަނގުރަލަކީ އޭނާ ބުއިމަށް ބޭނުންކުރުމަށް ގެންގުޅުނު އެއްޗެއްކަމަށް ތަހުޤީޤުގައި އޭނާ އެއްބަސްވެފައިވާތީއެވެ.
މި ކުށަށް އިޢްތިރާފުވުމުން ޕީޖީ އޮފީހާއި އޭނާއާއި ދެމެދު އެއްބަސްވުމެއް ވަނީ ވެވިފައެވެ. މި އެއްބަސްވުމުގެ ދަށުން ކުށުގެ އުޤޫބާތެއްގެ ގޮތުން 40 އެތިފަހަރުން ހައްދު ޖެހުމާއިއެކު 13 ދުވަހާއި 12 ގަޑިއިރަށް ޖަލަށް ލުމަށް ޙުކުމް ކޮށްފައި ވެއެވެ. އަދި 13 ދުވަހާއި 12 ގަޑިއިރުގެ ޖަލު ހުކުމް 2،700ރ.ގެ ޖޫރިމަނާ އަދަބަކަށް ބަދަލުކޮށް، އެއް މަސް ދުވަހުގެ ތެރޭގައި އެ ފައިސާ ދައްކަން ކޯޓުން ވަނީ ޙުކުމް ކޮށްފައެވެ.