Ads by Exprox

ޚަބަރު

ޒުވާނުންގެ އެވޯޑަށް ނަން ހުށަހެޅުމަށް ހުޅުވާލައިފި!

ޒުވާނުންގެ އެވޯޑަށް ނަން ހުށަހެޅުމަށް ހުޅުވާލައިފި!

ޒުވާނުންނަށް އެވޯޑް ދިނުމަށް ބޭއްވި ހަފްލާއެއް. ފޮޓޯ: ޒުވާނުންގެ ވުޒާރާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

10 ސެޕްޓެމްބަރު 2024، 05:40

10 ސެޕްޓެމްބަރު 2024، 05:40

ހުލާސާ


ޒުވާނުންގެ އެވޯޑަށް ނަން ހުށައެޅުމަށް ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ. 

މިކަމާ ގުޅޭ ގޮތުން އެވުޒާރާއިން ބުނެފައިވަނީ ޒުވާނުންގެ އެވޯޑު ލިބޭ ފަރާތްތަކަށް އިނާމުގެގޮތުގައި ޒުވާނުންނަށް ދެވޭ ޚާއްޞަ އެވޯޑާއި އަދި ސެޓްފިކެޓް ލިބިގެން ދާނެކަމަށެވެ. އަދި މިއީ ޤައުމުގެ ތަރައްޤީގައި ޒުވާނުން އަދާކުރާ މުހިންމު ދައުރު ފާހަގަކޮށް ޒުވާނުންނަކީ މުޖުތަމަޢުއަށް ފައިދާހުރި، އުފެއްދުންތެރި، ޒިންމާދާރު ބަޔަކަށް ހެދުމަށް ބާރުއަޅައި، ވާގި ދިނުމުގެ ގޮތުން ދެވޭ އިނާމެއް ކަމަށެވެ.

އެހެންކަމުން، މި އިނާމަށް ނަން ހުށަހެޅުމަށް ޝަރުތުހަމަވާ ފަރާތްތަކުން، އަލުން ނަން ހުށަހެޅުމުގެ ފުރުސަތު 19 ސެޕްޓެންބަރު 2024 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް ވަނީ ހުޅުވާލާފައެވެ.

މީގެއިތުރުން ޒުވާނުންގެ ކަންކަމާއި ބެހޭ ވުޒާރާއިން ބުނީ، އެޕްލިކޭޝަން ހުށަހަޅާނީ ގޫގުލް ލިންކް https://forms.gle/MGcJfPpnQ5vcmdxd6 މެދުވެރިކޮށް ނުވަތަ ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާ (ސޯޝަލް ސެންޓަރ) އަށްކަމަށެވެ.

އަދި އެވުޒާރާގެ ގެ ވެބްސައިޓްއިން ފޯމް ލިބެން ހުންނާނެކަމަށް ވެސް އެވުޒާރާއިން ވަނީ ހާމަކޮށްފައެވެ.

ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 8:30 އިން މެންދުރު 14:00 އަށް އެޕްލިކޭޝަން ބަލައިގަންނާނެ ކަމަށާއި، ރަށްރަށުން އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކުން ވުޒާރާގެ އީމެއިލް [email protected] މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމަށް އެދިފައިވެއެވެ.

އެވުޒާރާއިން އިތުރަށް ބުނީ، ކުރިން އެޕްލިކޭޝަން ފުރިހަމަކުރުމަށްފަހު ހުށަހަޅާފައިވާ ފަރާތްތަކުން އަލުން އެޕްލިކޭޝަން ހުށަހަޅަން ނުޖެހޭނެ ކަމަށެވެ.

މި އެވޯޑަކީ ތަފާތު ދާއިރާތަކުން ގައުމުގެ ތަރައްޤީއަށް ޒުވާނުންކުރާ އަގުހުރި މަސައްކަތްތައް ފާހަގަކޮށް ހިތްވަރު ދިނުމުގެ ގޮތުން ދޭ އެވޯޑެކެވެ.

މިއެވޯޑު ތަފާތު 17 ދާއިރާއަކުން ދިނުމަށް ވަނީ ހަމަޖެހިފައެވެ.

 

 

މި ލިޔުން ކިޔާލުމުން

Ads by Stelco