Ads by Exprox

ޚަބަރު

ދިވެހިރާއްޖޭގެ ނޭޝަނަލް ޑްރަގް އޭޖެންސީއިން ޓެކްނިކަލް ކޮމިޓީއެއް އެކުލަވާލައިފި

ދިވެހިރާއްޖޭގެ ނޭޝަނަލް ޑްރަގް އޭޖެންސީއިން ޓެކްނިކަލް ކޮމިޓީއެއް އެކުލަވާލައިފި

ނޭޝަނަލް ޑްރަގް އޭޖެންސީގެ ޓެކްނިކަލް ކޮމިޓީގެ ބައްދަލުވުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

24 ޑިސެމްބަރު 2024، 07:38

24 ޑިސެމްބަރު 2024، 07:38

ހުލާސާ


ދިވެހިރާއްޖޭގެ ނޭޝަނަލް ޑްރަގް އޭޖެންސީއިން ޓެކްނިކަލް ކޮމިޓީއެއް އެކުލަވައިލައިފިއެވެ.  

ނޭޝަނަލް ޑްރަގް އޭޖެންސީއިން ބުނެފައިވަނީ ދިވެހިރާއްޖޭގެ ނޭޝަނަލް ޑްރަގް އޭޖެންސީން ވަނީ ޓެކްނިކަލް ކޮމިޓީއެއް މިއަދު އެކުލަވާލައިފައިވާކަމަށެވެ.

އަދި ކުރިއަށް އޮތް މުއްދަތުގައި ސަބް ކޮމިޓީއެއް އުފެއްދުމާ ގުޅޭގޮތުން މަޝްވަރާކޮށް، އެކަން ނިންމާފައިވާ ކަމަށްވެސް އެންޑީއޭ އިން ބުނެފައިވެއެވެ.

މި ސަބް ކޮމިޓީގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނެނީ ޤައުމީ ފެންވަރުގައި މަސްތުވާތަކެތީގެ ޑިމާންޑް މަދުކުރުމާއި، އޭގެ ސަބަބުން ކުރިމަތިވާ ގެއްލުންތައް ކުޑަކުރުމާއި، އަދި މަސްތުވާތަކެތީގެ ސަޕްލައި މަދުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން ކަމަށް އެންޑީއޭ އިން ބުނެއެވެ.

މީގެ އިތުރުން، މިއަދުން ފެށިގެން ހުރިހާ ޓެކްނިކަލް ނިންމުންތަކެއް ނިންމުމުގެ ޒިންމާ ހަވާލުކުރެވިފައިވަނީ އަލަށް އެކުލަވާލެވުނު ޓެކްނިކަލް ކޮމިޓީއާ ކަމަށްވެސް ނޭޝަނަލް ޑްރަގް އޭޖެންސީއިން ވަނީ ބުނެފައެވެ. 

އަލަށް އެކުލަވާލި ޓެކްނިކަލް ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ:

  • ޢަބްދުالله ފަސީޙް / ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ( ޗެއަރޕާސަން )
  •  ޝަމާ ނަޞީރް / ކައުންސިލަރ ( ވައިސް ޗެއަރޕާސަން )
  •  މަރިޔަމް އަސްރާ / ޑިރެކްޓަރ
  •  ޢާއިޝަތު ޝިއުނާ / އެސިސްޓެންޓް ޑިރެކްޓަރ
  • ޢަލީ ރިޔާޒު / އެސިސްޓެންޓް ޑިރެކްޓަރ
  • ފާތިމަތު ސާނިހާ ޞާލިޙް / އެސިސްޓެންޓް ޑިރެކްޓަރ
  •  އަޙްމަދު ހިލްމީ / ލީގަލް އޮފިސަރ
  • ޙައްވާ އަޤުލާ އަޙްމަދު / ސީނިއާރ ޕްރޮގްރާމް ކޯޑިނޭޓަރ
  • މަރިޔަމް އާދަމް / ޕްރޮގްރާމް އޮފިސަރ
  •  އަޙްމަދު ފިރާޤް / އެސިސްޓެންޓް ކައުންސިލަރ
  • އާމިނަތު ރިޔާޒާ / އެސިސްޓެންޓް ކައުންސިލަރ

ޑްރަގް އޭޖެންސީ އިން އުފެއްދި މި ކޮމިޓީއަކީ މަސްތުވާތަކެތީގެ މައްސަލަތައް ޑްރަގް ކޯޓުން ބެލުމުގައާއި، އެފަދަ މައްސަލަތަކުގައި އަދަބު ކަނޑައެޅުމުގައާއި ، މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާގެ ޕްރޮގްރާމްތައް ކަ ނޑައެޅުމުގައި ، ޑްރަގް ކޯޓަށް ބޭނުންވާ ލަފާ، ނޭޝަނަލް ޑްރަގް އެޖެންސީން ދޭންވާނެ ކަމަށް ބުނާ ޤަވާއިދުގެ ދަށުން އުފައްދާފައިވާ ކޮމިޓީއެކެވެ. 

އަދި ޓީމުގެ ޚިދުމަތް މެދުކެނޑުމެއް ނެތި ޑްރަގް ކޯޓަށް ލިބޭނެ އިންތިޒާމު ނޭޝަނަލް ޑްރަގް އެޖެންސީން ހަމަޖައްސަންވާނެ ކަމަށްވެސް ޤަވާއިދުގައި ބުނެފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Ads by Stelco