ކުޅިވަރު

ގޯލްޑް ކަޕް ފައިނަލް މެޗުގެ ކުރިން ނައިބު ރައީސްގެ ހާއްސަ މެސެޖެއް

ގޯލްޑް ކަޕް ފައިނަލް މެޗުގެ ކުރިން ނައިބު ރައީސްގެ ހާއްސަ މެސެޖެއް

ގޯލްޑް ކަޕްގެ ސެމީ ފައިނަލް ދެވަަނަ މެޗު ބައްލަވާ ލެއްވުމަށް ނައިބު ރައީސް ވަނީ ވަޑައިގަންނަވާފައި--- ފޮޓޯ: ރައީސް އޮފީސް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

24 ޑިސެމްބަރު 2024، 07:39

24 ޑިސެމްބަރު 2024، 07:39

ހުލާސާ

އެ މަނިކުފާނު ވިދާޅުވީ، މި މުބާރާތާއެކު ދިވެހި ފުޓުބޯޅައިގެ ފޯރި އާލާވެގެން ގޮސްފައިވާ ކަމަށް. އަދި އެ މަނިކުފާނު ވަނީ އެކި ރަށްރަށުގެ ރައްޔިތުން އެ ރަށެއްގެ ޓީމަށް ސަޕޯޓު ދިނުމުގައި ދައްކާފައިވާ ނަމޫނާ އާއި ރަށު ލޯބި ފާހަގަ ކުރައްވާފައި.

ނައިންޓީ ޕްލަސް ގޯލްޑް ކަޕްގެ ފައިނަލް މެޗު މިރޭ ކުޅުމަށް ހަމަޖެހިފައިވާއިރު، އެ މެޗުގެ ކުރިން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛު ހުސެއިން މުހައްމަދު ލަތީފު، މި މެޗުގައި ބައްދަލުކުރާ އޭދަފުއްޓާއި އައްޑޫ ސިޓީގެ ޓީމަށް ހާއްސަ މެސެޖެއް ފޮނުއްވައިފިއެވެ. 

ދެ ޓީމަށް ކާމިޔާބަށް އެދިލެއްވުމަށްފަހު އެ މަނިކުފާނު އެކްސްގައި ކުރެއްވެވި ޕޯސްޓުގައި، ގޯލްޑް ކަޕްގެ ސަބަބުން ދިވެހި ފުޓުބޯޅައަށް އައިސްފައިވާ ދިރުމަށް ވަނީ އަލިއަޅުވާލައްވާފައެވެ. އެގޮތުން އެ މަނިކުފާނު ވިދާޅުވީ، މި މުބާރާތާއެކު ދިވެހި ފުޓުބޯޅައިގެ ފޯރި އާލާވެގެން ގޮސްފައިވާ ކަމަށެވެ. އަދި އެ މަނިކުފާނު ވަނީ އެކި ރަށްރަށުގެ ރައްޔިތުން އެ ރަށެއްގެ ޓީމަށް ސަޕޯޓު ދިނުމުގައި ދައްކާފައިވާ ނަމޫނާ އާއި ރަށު ލޯބި ފާހަގަ ކުރައްވާފައެވެ. 

"މިރޭ ކުޅޭ ގޯލްޑް ކަޕްގެ ފައިނަލް މެޗުގައި ވާދަކުރާ، އައްޑޫ ސިޓީ އަދި އޭދަފުށި ޓީމަށް ކާމިޔާބީއަށް އެދެން. މި މުބާރާތާއެކު ދިވެހި ފުޓުބޯޅައިގެ ފޯރި އަލުން އާވެގެން ހިނގައްޖެ. މުބާރާތް ކުރިއަށްދިޔައިރު، ސަޕޯޓު ކުރުމުގައި އެކި ރަށްރަށުގެ ރައްޔިތުން ދެއްކި ނަމޫނާ އާއި ރަށު ލޯބި ފާހަގަ ކުރަން." ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކުރެއްވެވި ޕޯސްޓުގައި ވެއެވެ.

އެއާއެކު ނައިބު ރައީސް އެދިލެއްވީ މިރޭގެ ފައިނަލުގައި ވެސް ސަޕޯޓު ކުރުމުގައި ރީތި ނަމޫނާ ދައްކައި، ކުޅިވަރުގެ ރޫހާ އެއްގޮތަށް ސަޕޯޓަރުންގެ އަމަލުތައް ބެހެއްޓުމަށެވެ. އަދި އެކަމަށް އުއްމީދު ކުރައްވާ ކަމުގައި ވެސް އެ މަނިކުފާނު ވިދާޅުވިއެވެ. 

"މިރޭގެ މެޗުގައިވެސް މި ރީތި ނަމޫނާ އާއި ކުޅިވަރުގެ ރޫހާ އެއްގޮތަށް ސަޕޯޓަރުންގެ ޢަމަލުތައް ބަހައްޓާނެ ކަމަށް އުންމީދު ކުރަން،" ސަޕޯޓަރުންނަށް ނަސޭހަތްތެރިވަމުން އެ މަނިކުފާނު ވިދާޅުވިއެވެ.

ނައިބު ރައީސްވަނީ މިމުބާރާތުގެ ދެވަނަ ސެމީ ފައިނަލް މެޗުގައި އައްޑޫ ސިޓީ އާއި އަލިފުށި ބައްދަލުކުރި މެޗު ބައްލަވާލެއްވުމަށް ވެސް ގަލޮޅު ދަނޑަށް ވަޑައިގެންފައެވެ. އަދި އެ މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ޓްރޮފީ އަރުވާފައިވަނީ ވެސް އެ މަނިކުފާނެވެ. 

ގޯލްޑް ކަޕަކީ މުޅި ރާއްޖެއަށް ހުޅުވާލައިގެން، މަޝްހޫރު ފުޓްބޯޅަ ކޯޗު، މުހައްމަދު ޝާޒްލީ (ޝާޒް)ގެ އިސްނެގުމާ އެކު، އޭނާ ހިމެނޭހެން ހިންގާ 90 ޕްލަސް އާއި ސްޕޯޓްސް މިނިސްޓްރީން ގުޅިގެން ބާއްވާ މުބާރާތެކެވެ. މި ފަހަރުގެ މުބާރާތުގައި 22  ޓީމު ބައިވެރިވާން ނަން ހުށަހެޅި ނަމަވެސް، ފަހުން ފަސް ޓީމެއް ނަން ނެގުމުން، މުބާރާތް ކުރިޔަށް ދަނީ 17 ޓީމާއެކުއެވެ.

އަދި މުބާރާތުގެ ޗެމްޕިއަން ޓީމަށް އެއް ލައްކަ ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާއިރު، ރަނަރަޕް ޓީމަށް ވަނީ ބައި ލައްކަ ރުފިޔާ ހުށަހަޅާފައެވެ.

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު

450

Ads by MSS