ޚަބަރު
ލޯކަލް މާރުކޭޓު ސަރަހައްދުން 23 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި

އިމިގްރޭޝަަން އޮފިސަރެއް ލޯކަލް މާރުކޭޓު ސަރަހައްދުގައި ހަރަކާތްތެރިވަނީ
ލޯކަލް މާރުކޭޓު ސަރަހައްދުން 23 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަަށަށް ގެންގޮސްފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.
އިމިގްރޭޝަނުން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ އިމިގްރޭޝަން ވޮޗް އަށް ލިބިފައިވާ މަޢުލޫމާތަކާއި ގުޅިގެން އިމިގްރޭޝަންގެ ޓާސްކުފޯހުން ވަނީ ބިދޭސީންގެ ބޮޑު ކޮންޓްރޯލެއް އޮންނަކަމަށް މަޢުލޫމާތު ލިބިފައިވާ މާލޭގެ ލޯކަލް މާރުކޭޓު ސަރަހައްދުގައި މިއަދު ފަތިހުން ފެށިގެން މެންދުރާއި ހަމައަށް ބޮޑު ރެއިޑު އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައި ކަމަށެވެ.
އިމިގްރޭޝަނުން ބުނެފައިވަނީ މި ރެއިޑު އޮޕަރޭޝަންގައި އެ ސަރަހައްދުގައި އަޅާފައިވާ އުޅަނދުފަހަރާއި، އެ ސަރަހައްދުން ލަފާ/ފުރާ އުޅަނދުފަހަރު ވެސް ބަލައި ފާސްކޮށްފައިވާކަމަށެވެ.
އެގޮތުން ޖުމްލަ 148 ބިދޭސީން ބަލައި ފާސްކޮށް، ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީ 22 ފިރިހެނަކާއި 01 އަންހެނަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށެވެ.
<blockquote class="twitter-tweet"><p lang="dv" dir="rtl">އިމިގްރޭޝަން ވޮޗް އަށް ލިބިފައިވާ މައުލޫމާތަކާއި ގުޅިގެން ޓާސްކުފޯހުން ވަނީ ބިދޭސީންގެ ބޮޑު ކޮންޓްރޯލެއް އޮންނަކަމަށް މައުލޫމާތު ލިބިފައިވާ މާލޭގެ ލޯކަލް މާރުކޭޓު ސަރަހައްދުގައި މިއަދު ފަތިހުން ފެށިގެން މެންދުރާއި ހަމައަށް ބޮޑު ރެއިޑު އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައި. މި ރެއިޑު… <a href="https://t.co/mriMHyBbjo">pic.twitter.com/mriMHyBbjo</a></p>— Maldives Immigration (@ImmigrationMV) <a href="https://twitter.com/ImmigrationMV/status/1871577712424558787?ref_src=twsrc%5Etfw">December 24, 2024</a></blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script>
މީގެއިތުރުން ހުޅުމާލޭގެ ފޭސް 1 އަދި 2ގެ އެކި ސަރަހައްދުތަކުގައި ޤަވާއިދާ ޚިލާފަށް ވެހިކަލް ދޮވެ ސާފުކުރުމުގެ މަސައްކަތް ކުރަމުންދާ ބިދޭސީންނަށް އަމާޒުކޮށް އިއްޔެ ރެއިޑު އޮޕަރޭޝަނެއް ހިންގާފައިވާކަމަށްވެސް އިމިގްރޭޝަނުން ބުނެފައިވެއެވެ.
މިރެއިޑް އޮޕަރޭޝަންގެ ދަށުން ސައްޚަ ވިސާއެއް ނެތި އުޅެމުންދިޔަ 8 ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައި ކަމަށް އެއިދާރާއިން ބުނެފައިވެއެވެ.