Ads by Exprox

ޚަބަރު

ރާއްޖޭގެ އާންމު ތަނެއްގައި އިސްލާމްދީން ފިޔަވައި އެހެން އެއްވެސް ދީނެއްގެ އަޅުކަމާ ގުޅޭ އެއްވެސް ކަމެއް ހިންގުމަކީ މަނާކަމެއް

ރާއްޖޭގެ އާންމު ތަނެއްގައި އިސްލާމްދީން ފިޔަވައި އެހެން އެއްވެސް ދީނެއްގެ އަޅުކަމާ ގުޅޭ އެއްވެސް ކަމެއް ހިންގުމަކީ މަނާކަމެއް

މާފުށީ ގެސްޓު ހައުސްއެއްގައި ބެހެއްޓި ކްރިސްމަސް ގަހެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަނީ.

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

25 ޑިސެމްބަރު 2024، 03:04

25 ޑިސެމްބަރު 2024، 03:04

ރާއްޖޭގެ އެއްވެސް އާންމު ތަނެއްގައި އިސްލާމްދީން ފިޔަވައި އެހެން އެއްވެސް ދީނެއްގެ އަޅުކަމާ ގުޅޭ އެއްވެސް ކަމެއް ހިންގުމަކީ މަނާކަމެއް ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނެފިއެވެ. 

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކައުންސިލްތަކަށް ފޮނުވައިފައިވާ ސާކިޔުލަރ އެއްގައި ބުނެފައިވަނީ ދިވެހިރާއްޖޭގައި ގިނަ ޢަދަދަކަށް ބިދޭސީން މަސައްކަތް ކުރަމުންދާއިރު، ފަތުރުވެރިންގެ ގޮތުގައިވެސް ގިނަ ޢަދަދެއްގެ ބޭރުމީހުން ރާއްޖެއަށް ޒިޔާރަތް ކުރަމުންދާ ކަމަށެެވެ. 

އެކިއެކި ވަޒީފާތަކަށް ބިދޭސީން ގެންނަ ފަރާތްތަކާއި، ފަތުރުވެރިން ގެންނަ ފަރާތްތަކުން ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ޤަވާއިދުތަކާ އެއްގޮތަށް ޢަމަލު ކުރުމަށް ބިދޭސީންނަށް އިރުޝާދު ދޭންވާނެ ކަމަށް އިސްލާމީ ވުޒާރާގެ ސާކިޔުލަރ ގައި ބުނެފައިވެއެވެ.

މީގެއިތުރުން އެވުޒާރާއިން ބުނެފައިވަނީ ރާއްޖޭގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ޤަވާއިދުގައިވާ ގޮތަށް ބިދޭސީންނާއި ޓޫރިސްޓުންނަށް އިރުޝާދު ދިނުމަކީ އެ މީހުން ރާއްޖެ ގެންނަ ފަރާތްތަކުގެ ޒިންމާއެއްކަމަށެެވެ.

އަދި މި ޤަވާއިދުގައި ބުނާގޮތުން، ރާއްޖޭގައި އުޅޭ ޣައިރު މުސްލިމުންނާއި ރާއްޖެއަށް ޒިޔާރަތްކުރާ ޣައިރު މުސްލިމުން ފާޅުކަންބޮޑު ގޮތެއްގައި އެ މީހުންގެ ދީނީ ޝިޢާރުތައް ފާޅުކުރުމާއި އާންމު ތަންތަނުގައި ޖަމާއަތް ހަދައިގެން އެ ކަހަލަ ދީނީ ހަރަކާތެއް ހިންގުން އަދި އެ މީހުންގެ އެ ކަހަލަ އެއްވެސް ހަރަކާތެއްގައި ދިވެއްސަކު ބައިވެރިކުރުމަކީ މަނާކަމެއް ކަމަށް ބަޔާންކޮށްފައިވެއެވެ.

އިސްލާމީ ވުޒާރާއިން ބުނެފައިވަނީ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ޤަވާއިދަށް ބަލައި ދިވެހިރާއްޖޭގެ އެއްވެސް އާންމު ތަނެއްގައި އިސްލާމްދީން ފިޔަވައި އެހެން އެއްވެސް ދީނެއްގެ އަޅުކަމާ ގުޅޭ އެއްވެސް ކަމެއް ހިންގުމަކީ، ކަނޑައެޅިގެން މަނާކަމެއް ކަމަށެވެ. 

މީގެއިތުރުން މީހުން ދިރިއުޅޭ ރަށްރަށުގައި އުޅޭއިރު، ދިވެހިރާއްޖޭގައި ޓޫރިސްޓު ގެސްޓުހައުސް ހިންގުމާ ބެހޭ ޤަވާއިދާއި އެެއްގޮތަށް އާންމު އިޖްތިމާޢީ މިންގަނޑަށް ފެތޭ ފަދަ ހެދުމެއްގައި އުޅުމަށް، ފަތުރުވެރިން ގެންނަ ފަރާތްތަކުން ފަތުރުވެރިންނަށް އިރުޝާދު ދޭން ވާނެ ކަމަށްވެސް އިސްލާމީ ވުޒާރާއިން ބުނެފައިވެއެވެ.

މީގެ އިތުރުން، އެވުޒާރާއިން ވަނީ ކައުންސިލްތަކުން މި ކަންކަމަށް ހާއްސަ ސަމާލުކަމެއް ދީ، މި ކަހަލަ މައްސަލަތަކުގައި އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ވެސް އަންގައިފައެވެ.

ކޮންމެ އަހަރަކުވެސް ކްރިސްމަސް އާއި އައު އަހަރާއި ގުޅިގެން ރިސޯޓު ތަކާއި ގިނަ ޢަދަދެއްގެ ގެސްޓު ހައުސް ހިންގާ ރަށްރަށުގައި މިފަދަ ދީނާ ޚިލާފުކަންކަން ހިންގަމުންދާ މައްސަލަތައް ފެންމަތިވެގެން ދެއެވެ. 

 

 

 

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު

450

Ads by MSS