ޚަބަރު
ޤައުމީ އެއްބައިވަންތަކަމާއި، ރައީސް މުޢިއްޒުއަށް ފުރިހަމަ އެއްބާރުލުން ދިނުމަށް ސްޓެލްކޯގެ އެމްޑީ އިލްތިމާސްކުރައްވައިފި

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ފޮޓޯ:ދަ މޯލްޑިވްސް ޖަރނަލް
ޤައުމީ އެއްބައިވަންތަކަމުގެ މުހިންމުކަން ފާހަގަކޮށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ފުރިހަމަ އެއްބާރުލުން ދިނުމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)ގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން ފަހުމީ ގޮވާލައްވައިފިއެވެ.
އެކްސް ގައި ޕޯސްޓެއް ކުރައްވައި، ފަހުމީ ވިދާޅުވެފައިވަނީ ބައިބައިވެފައިވާ ޤައުމަކަށް ކުރިއެރުމެއް ނުލިބޭނެ ކަމަށެވެ. އަދި ޤައުމުގެ ކުރިމަތީގައިވާ ގޮންޖެހުންތަކާ ރައީސުލްޖުމްހޫރިއްޔާއަށް ކުރިމަތިލައްވަމުން ގެންދަވާއިރު އެއްބާރުލުން ދިނުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމުގައި އޭނާ ފާހަގަކުރެއްވިއެވެ.
އަޅުގަނޑުމެން އެންމެން އެކުގައި މަސައްކަތް ނުކޮށްފިނަމަ، ހަމައެކަނި މާޒީއަށް ހިތާމަކުރުމުގެ ބަދަލުގައި، އަންނަން އޮތް ޖީލުތަކުގެ ފާގަތިކަމާއި ދުޅަހެޔޮކަން ގެއްލިގެން ހިނގައިދާނެ
ފަހުމީގެ ޕޯސްޓުގައި ފާހަގަ ކުރައްވާފައިވެއެވެ.
ސްޓެލްކޯގެ އެމްޑީގެ މި ބަސްފުޅުތަކުން، ޤައުމީ އެއްބައިވަންތަކަމުގެ މުހިންމުކަމާއި، ސަރުކާރުގެ މަސައްކަތްތަކަށް ރައްޔިތުންގެ އެއްބާރުލުން ބޭނުންވާކަން ހާމަވެގެންދެއެވެ. އަދި މިއީ ޤައުމުގެ މުސްތަޤުބަލަށް ސީދާ އަސަރުކުރާނެ ކަމެއްކަން ވެސް ފާހަގަކުރެވެއެވެ.