Ads by Exprox

ޚަބަރު

މެކޭނިކަލް ޕާކިންގތައް ހުޅުމާލެ ދެވަނަ ފިޔަވައްސަށް ބަދަލުކުރަނީ!

މެކޭނިކަލް ޕާކިންގތައް ހުޅުމާލެ ދެވަނަ ފިޔަވައްސަށް ބަދަލުކުރަނީ!

ދަތުރުފަތުރާ ބެހޭ ވަޒީރު ނޫސްވެރިންނާއި ބައްދަލުކުރައްވަނީ: ފޮޓޯ: ވުޒާރާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

10 ސެޕްޓެމްބަރު 2024، 08:15

10 ސެޕްޓެމްބަރު 2024، 08:15

ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ހުރި މެކޭނިކަލް ޕާކިންގ ތައް ހުޅުމާލެ ދެވަނަ ފިޔަވައްސަށް ބަދަލުކުރުމަށް ނިންމައިފައިވާ ކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވަޒީރު މުޙައްމަދު އަމީން ހާމަކުރައްވައިފިއެވެ.

ހަތަރުފުރޮޅުލީ އުޅަނދުތަކަށް ޚާއްސަ ޕާކު ކުރާ ސަރަހައްދެއް ހަމަޖެއްސުމަށް އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު އަމީން ވިދާޅުވީ ހުޅުމާލޭ 1 ގައި ހުރި މެކޭނިކަލް ޕާކިން ސިސްޓަމްތައް ހުޅުމާލެ 2 އަށް ބަދަލުކޮށް ތިން މަސް ތެރޭގައި ބޭނުންކުރަން ފަށާނެ ކަމަށެވެ.

އެ ޕާކިން ރެކުތައް ކުރިއަށް އޮތް މަހެއްހާ ދުވަސް ތެރޭގައި ހުޅުމާލެ ދެވަނަ ފިޔަވަހިން އެ ވުޒާރާއަށް ލިބިފައިވާ ބިމަކަށް ބަދަލުކުރުމުގެ މަސައްކަތް ފަށާނެ ކަމަށް އަމީން ވިދާޅުވި އެވެ.

އެ ރެކްތައް ބަދަލު ކުރަން ދެވަނަ ފިޔަވަހިން ދަތުރުފަތުރާ ބެހޭ ވުޒާރާއަށް ދީފައިވާ ބިން ޕްލޭން ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށާއި އެ މަސައްކަތުގެ 95 ޕަސެންޓް ނިމިފައިވާ ކަމަށް އަމީން ވިދާޅުވި އެވެ.

ރީލޮކޭޝަން ދެތިން މަސް ދުވަހުގެ ތެރޭގައި ފެށި އެ ތަންތަން ދެވޭނެ ކަމަށް އުންމީދު ކުރަނީ - އޭނާ ވިދާޅުވި އެވެ.

ވަޒީރު އަމީން ވިދާޅުވީ އެޗްޑީސީގެ ބެލުމުގެ ދަށުގައި ހުރި ޕާކިން ރެކްތައް މާލީ ވުޒާރާ މެދުވެރިކޮށް ދަތުރުފަތުރާ ބެހޭ ވުޒާރާގެ ދަށަށް ބަދަލުކޮށްފައިވާ ކަމަށެވެ. މީގެއިތުރުން އެ ރެކުތަކުގައި 275 ވެހިކަލް ޕާކު ކުރެވޭނެ ކަމަށެވެ.

ވަޒީރު އަމީން ވިދާޅުވެފައިވަނީ އެ ހުރިހާ ރެކެއް އެއް ތަނަކަށް ބަދަލު ކުރުމަށް ފަހު ޚާއްޞަ އެހީ އަށް ބޭނުންވާ މީހުންނާއި ފުލުހުންނަށް ޚާއްޞަ ސްލޮޓްތަކެއް ކަނޑައަޅާނެ ކަމަށެވެ.

އަދި ވަރަށް ކުޑަ އަގެއްގައި، އާންމުންނަށް ޕާކިންގ އަށް ޖާގަ ދޫކުރާނެ ކަމަށް އަމީން ވިދާޅުވި އެވެ.

 

 

 

 

މި ލިޔުން ކިޔާލުމުން

Ads by Stelco