Ads by Exprox

ޚަބަރު

މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކުރި ލަންކާ މީހުންގެ މައްޗަށް އިތުރު 30 ދުވަސް ޖަހައިފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކުރި ލަންކާ މީހުންގެ މައްޗަށް އިތުރު 30 ދުވަސް ޖަހައިފި

މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކުރި ސްރީލަންކާގެ މީހުން. ފޮޓޯ: ފުލުހުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

26 ޑިސެމްބަރު 2024، 06:43

26 ޑިސެމްބަރު 2024، 06:43

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްތުވާތަކެއްޗާއި އެކު އުޅުނު ސްރީލަންކާގެ ބޯއްޓެއްގައި ތިބި ސްރީލަންކާގެ މީހުންގެ މައްޗަށް އިތުރު 30 ދުވަސް ކޯޓުން ޖަހައިފިއެވެ.

އެ ބޯޓުގައި ސްރީލަންކާއަށް ނިސްބަތްވާ ފަސް ފިރިހެނަކު ތިއްބެވެ.  އެއީ 21 އަހަރުގެ ފިރިހެނަކާއި 22 އަހަރުގެ ދެ ފިރިހެނަކާއި 37 އަހަރުގެ ފިރިހެނެއް އަދި 56 އަހަރުގެ ފިރިހެނެކެވެ.

ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން އެ އެންމެންގެ ބަންދަށް މިދިޔަ މަހު 26 ވަނަ ދުވަހު ވަނީ 30 ދުވަސް ދީފަ އެވެ. އެ މުއްދަތު މިއަދަށް ހަމަވުމުން އެ އެންމެންގެ ބަންދަށް ކްރިމިނަލް ކޯޓުން މިއަދު ވަނީ 30 ދުވަސް އިތުރުކޮށްފަ އެވެ.

އެ ބޯޓު ހިފެހެއްޓީ މިދިޔަ މަހުގެ 24 ވަނަ ދުވަހުގެ ރޭ ދަންވަރު ހދ. މަކުނުދޫގެ ބޭރުންނެވެ. އެބޯޓު ހިފަހައްޓައިފައިވަނީ އެމްއެންޑީއެފުންނެވެ. 

ކޯސްޓްގާޑާއި ފުލުހުންގެ ބެލުމުގެ ދަށުން އެ ބޯޓު ކުޅުދުއްފުށި ބަނދަރަށް ގެންގޮސް، ބަލައި ފާސްކުރުމުން ވަނީ ޖުމްލަ 468.6 ކިލޯގެ މަސްތުވާތަކެތި ފެނިފަ އެވެ. އެއީ ފަހުގެ ތާރީހެއްގައި ރާއްޖެ ސަރަހައްދުން އަތުލައިގަތް އެންމެ ގިނަ އަދަދެއްގެ މަސްތުވާތަކެތިކަން ފާހަގަކޮށްލަން ޖެހެއެވެ.

ފުލުހުން ބުނެފައިވަނީ، ފުރަތަމަ މަރުހަލާގައި ހެދި ޓެސްޓްތަކުން އެއީ 344 ކިލޯގެ މެތު ކަމާއި އަދި 124.6 ކިލޯގެ ކޮކެއިންކަން ވަނީ ދެނެގަނެވިފައިވާ ކަމަށެވެ.  އަދި އެ ތަކެތީގެ މަގުމަތީގެ އަގު އެއް ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.

 

މި ލިޔުން ކިޔާލުމުން

Ads by Stelco