ޚަބަރު
ޚިދުމަތުން ދުރަށް ދާންޖެހިފައިވާ ފަރާތްތަކުގެ ދަފްތަރެއް އެކުލަވައިލަނީ!
ސަރުކާރުގެ ގިނަ އިދާރާތަކެއް ހިންގާ ވެލާނާގެ. ފޮޓޯ: ސަން މީޑިއާ
ޚިދުމަތުން ދުރަށްދާންޖެހިފައިވާ ޚިދުމަތްތެރިންނާއި، ދާއިމީ ވަޒީފާއަށް ނިކުތުމަށް އުޒުރުވެރިވާ ފަންނީ އަދި އިދާރީ ޚިދުމަތްތެރިންގެ ދަފްތަރެއް އެކުލަވާލައި ރަޖިސްޓަރ ވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާ އިން އެކުލަވައިލާ މި ދަފްތަރަކީ ޚިދުމަތުން ދުރަށް ޖެހިފައިވާ ފަރާތްތަކަށް، އެފަރާތްތަކުން އަނބުރާ ޚިދުމަތަށް ނިކުތުމުގެ މަގު ތަނަވަސްކޮށްދިނުމަށް އެކަށައަޅާފައިވާ ޚާއްޞަ ސިޔާސަތު ތަންފީޒު ކުރުމަށްޓަކައި އެކުލަވާލި ދަފްތަރެކެވެ.
މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާ އިން ބުނީ، މި ދަފްތަރުގައި ރަޖިސްޓްރީވުމުގެ ފުރުސަތު 08 ސެޕްޓެންބަރު 2025 ވާ ދުވަހުގެ 14:00 ގައި ހުޅުވާލާފައިވާ ކަމަށެވެ.
މި ދަފްތަރުގައި، ރަޖިސްޓްރީވުމަށް ޝައުގުވެރިވާ ބޭފުޅުން ތިރީގައިވާ ލިންކު މެދުވެރިކޮށް ގޫގަލް ފޯރމް ފުރިހަމަކުރުމަށްފަހު ރަޖިސްޓަރީ ކުރެވޭނެ ކަމަށް އެވުޒާއިން ބުނެފައިވެއެވެ.
https://docs.google.com/forms/d/e/1FAIpQLSehFSG6owcpJSvwZiTzaZP5w3sXYdWtVzt1F3HPZvr9F5THFA/viewform?usp=pp_url
މި ދަފްތަރާއި ގުޅޭ އިތުރު މަޢުލުމާތު 3026930/3026951 ގުޅުމުން ނުވަތަ [email protected] އަށް އީމެއިލް ކުރުމުން ލިބޭނެކަމަށް މަތީ ތަޢުލީމާބެހޭ ވުޒާރާއިން ބުނެއެވެ.