Ads by Exprox

ޚަބަރު

ކޮމިއުނިކޭޝަން އޮތޯރިޓީ ދާޚިލީ ވުޒާރާގެ ދަށަށް ބަދަލުކޮށްފި!

ކޮމިއުނިކޭޝަން އޮތޯރިޓީ ދާޚިލީ ވުޒާރާގެ ދަށަށް ބަދަލުކޮށްފި!

ރައީސް އޮފީސް. ފޮޓޯ: ރައީސް އޮފީސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

10 ސެޕްޓެމްބަރު 2024، 08:28

10 ސެޕްޓެމްބަރު 2024، 08:28

 ސިޓީ ތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތާއި ބެހޭ ވުޒާރާގެ ދަށުން ހިންގަމުންއައި ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސްއަކީ މިއަދުން ފެށިގެން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ހަމަޖައްސަވައިފިއެވެ. 

އެމަނިކުފާނު މިގޮތަށް ހަމަޖައްސަވާފައިވާކަން ހާމަކުރެއްވީ މިރޭ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ދެންނެވުމެއްގައެވެ. 

މިކަން މިގޮތަށް ރައީސް ޑރ މުޢިއްޒު ހަމަޖެއްސެވީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާގެ (ހ)ގެ ދަށުން އެމަނިކުފާނަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުންނެވެ.

 

މި ލިޔުން ކިޔާލުމުން

Ads by Stelco