Ads by Exprox

ޚަބަރު

ދެމިލިއަނަށް ވުރެން ގިނަ މީހުން ގާޒާގައި ކާބޯތަކެއްޗާއި، ފެނާއި، ހިޔާވަހިކަން ލިބުމުން މަޚްރޫމްވެފައި :ޑަބްލިއުއެފްޕީ

ދެމިލިއަނަށް ވުރެން ގިނަ މީހުން ގާޒާގައި ކާބޯތަކެއްޗާއި، ފެނާއި، ހިޔާވަހިކަން ލިބުމުން މަޚްރޫމްވެފައި :ޑަބްލިއުއެފްޕީ

ގާޒާގައި ކާބޯތަކެތި ބަހަމުންދާ ތަނެއްގައި އިންސާނުން ބަނޑުހައިހޫނު ކަމުގައި ފޮޓޯ: އިންޓަނެޓް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

28 ޑިސެމްބަރު 2024، 09:00

28 ޑިސެމްބަރު 2024، 09:00

ހުލާސާ


ގައްޒާގެ މަދަނީ އާބާދީއަށް ބޭނުންވާ އެހީ ފޯރުކޮށްދިނުމަށް ބައިނަލްއަޤްވާމީ އެހީދޭ ޖަމްޢިއްޔާތަކަށް ދަތިތަކާ ކުރިމަތިވެފައިވާ ކަމަށް އދ. ގެ ވޯލްޑް ފުޑް ޕްރޮގްރާމް (ޑަބްލިއުއެފްޕީ) އިން ބުނެފިއެވެ. 

ގައްޒާއަށް ފޯރުކޮށްދޭ ގިނަ އެހީތައް އިސްރާއީލުގެ ސިފައިން ހުއްޓުވަމުންދާ ކަމަށާއި، އެހީ އުޅަނދުތަކަށް މަންޒިލް ހަމައަށް ދެވޭގޮތް ނުވާ މާހައުލެއް އުފައްދާފައިވާ ކަމަށް ޑަބްލިއުއެފްޕީ އިން ބުނެފައިވެއެވެ. މިކަމުގެ ސަބަބުން ގައްޒާގެ އާބާދީއަށް ބޭނުންވާ އެހީ ފޯރުކޮށްދިނުމަށް ނުކުޅެދިފައިވާ ކަމަށް އެ ޖަމްޢިއްޔާއިން ފާހަގަކޮށްފައިވެއެވެ.

ޑަބްލިއުއެފްޕީ އިން ޓްވިޓަރގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ގައްޒާގައި ހަނގުރާމައިގެ ހާލަތު ހުއްޓާލުމަށް ގިނަ ދުވަސްތަކެއް ވެއްޖެ ކަމަށެވެ. އަދި ދެ މިލިއަނަށް ވުރެ ގިނަ މީހުންގެ ދިރިއުޅުން ހުއްޓިފައިވާ ކަމަށާއި، ކާބޯތަކެއްޗާއި، ފެނާއި، ހިޔާވަހިކަން ލިބުމުގެ ފުރުޞަތު ގެއްލިފައިވާ ކަމަށް ބުނެފައިވެއެވެ.

އަޅުގަނޑުމެން ވަރަށް ބޮޑަށް މަސައްކަތް ކުރަމުން ދިޔަ ނަމަވެސް، މިހާރު އޮތް ހަނގުރާމައިގެ ހާލަތާއި، ރައްކާތެރިކަން ނެތުމާއި، އަދި ކުރިމަތިވެފައިވާ ހުރަސްތަކާއެކު އާބާދީގެ ބޭނުންތައް ފުއްދައިދިނުމަކީ ނުކުރެވޭނެ ކަމެއް

ޑަބްލިއުއެފްޕީ

  

މި ހާލަތުގައި ގައްޒާގެ އާބާދީއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ސަމާލުކަން ހޯދުމަށް ޑަބްލިއުއެފްޕީ އިން ގޮވާލާފައިވެއެވެ.
                    

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު

450

Ads by MSS