ޚަބަރު
އައުއަހަރާއި ގުޅިގެން ބޭންކް 5 ދުވަހަށް ބަންދު!
ބޭންކް އޮފް މޯލްޑިވްސް ފޮޓޯ: މޯލްޑިވްސް ފައިނޭންޝަލް ރިވިއު
އައު އަހަރާ ދިމާކޮށް ބީއެމްއެލް އަދި އެމްއައިބީ ބަންދުވާނެ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ހާމަކޮށްފިއެވެ. އައު އަހަރާ ދިމާކޮށް 31 ޑިސެމްބަރު 2024 އިން ފެށިގެން 4 ޖަނަވަރީ 2025 އާ ހަމައަށް ބޭންކުތައް ބަންދުވާނެއެވެ. ބޭންކުތައް އަލުން ހުޅުވޭނީ 5 ޖަނަވަރީ 2025 ގައެވެ.
މި ބަންދާ ގުޅިގެން، ބޭންކިންގ މުޢާމަލާތްތައް ދުރާލާ ނިންމުމަށް ބޭންކުތަކުން ވަނީ ކަސްޓަމަރުންނަށް އިލްތިމާސްކޮށްފައެވެ. ނަމަވެސް، ބަންދު މުއްދަތުގައިވެސް ބައެއް މުހިންމު ޚިދުމަތްތައް ކުރިއަށްދާނެ ކަމަށް ދެ ބޭންކުންވެސް އަންގާފައިވެއެވެ.
ބީއެމްއެލްއިން ހާމަކުރި ގޮތުގައި، އިންޓަނެޓް އަދި މޯބައިލް ބޭންކިންގ، ސެލްފް ސަރވިސް އޭޓީއެމް، އަދި ކަސްޓަމަރ ސަޕޯޓް ސަރވިސްގެ ޚިދުމަތްތައް މެދުނުކެނޑި ލިބެން ހުންނާނެއެވެ. ހަމައެހެންމެ، އެމްއައިބީން ބުނެފައިވަނީ އީ-ބޭންކިންގ، އޭޓީއެމް އަދި ކަސްޓަމަރ ކެއަރ ސެންޓަރުގެ ޚިދުމަތްތައް ކުރިއަށްދާނެ ކަމަށެވެ.