ކުޅިވަރު

ގައުމީ ވޮލީ ލީގު: އެޗްޑީސީ އަދި ސްޕޯސްޓް ކްލަބު ސިޓީއިން ފެށުން ރަގަޅުކޮށްފި

ގައުމީ ވޮލީ ލީގު: އެޗްޑީސީ އަދި ސްޕޯސްޓް ކްލަބު ސިޓީއިން ފެށުން ރަގަޅުކޮށްފި

ވޮލީ ލީގުގައި އެޗްޑީސީއާއި ޕޮލިސް ކްލަބް ބައްދަލުކުރި މެޗުގެ ތެރެއިން، ފޮޓޯ: އެޗްޑީސީ

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

29 ޑިސެމްބަރު 2024، 08:14

29 ޑިސެމްބަރު 2024، 08:14

ހުލާސާ

ވޮލީ ލީގުގައި މިއަދު ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ، މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން، ދިވެހި ސިފައިންގެ ކްލަބާއި، ސްޕޯޓްސް ކްލަބް ސިޓީ. އަދި ދެވަނަ މެޗުގައި ބައްދަލު ކުރާނީ ޕޮލިސް ކްލަބާއި، ބްލޫޒް ފޯރ ވޮލީބޯލް. 

ވޮލީބޯލް އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސް (ވީއޭއެމް)ގެ ގައުމީ ވޮލީ ލީގު ހޮނިހިރު ދުވަހު ފެށިއިރު، ފުރަތަމަ ދުވަހު ކްލަބް އެޗްޑީސީ އާއި ސްޕޯޓްސް ކްލަބް ސިޓީއިން އެ ޓީމުތަކުގެ މެޗުތައް ކާމިޔާބުކޮށް، ފެށުން ރަގަޅުކޮށްފިއެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި ހޮނިހިރު ދުވަހުގެ ހަވީރު ބައްދަލު ކުރީ ސްޕޯޓްސް ކްލަބް ސިޓީ އާއި ބްލޫޒް ފޯރ ވޮލީބޯލްއެވެ. އެ މެޗު ސީދާ ތިން ސެޓުން ކާމިޔާބުކުރީ ސްޕޯޓްސް ކްލަބް ސިޓީއެވެ. 

އެ މެޗުގައި ސްޕޯޓްސް ކްލަބް ސިޓީއިން ފުރަތަމަ ސެޓު 25-22 ޕޮއިންޓުން ކާމިޔާބުކުރިއިރު، ދެވަނަ ސެޓު ކާމިޔާބުކުރީ 25-20 ޕޮއިންޓުންނެވެ. އަދި އެ ޓީމުން ފަހު ސެޓު ކާމިޔާބުކުރި 25-22 ޕޮއިންޓުންނެވެ. 

މި މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ސްޕޯޓްސް ކްލަބް ސިޓީގެ ޖާޒީ ނަންބަރު 8، އިޝާން މުހައްމަދެވެ. 

ހޮނިހިރު ދުވަހު ކުޅުން ދެވަނަ މެޗުގައި ކްލަބް އެޗްޑީސީއިން ޕޮލިސް ކްލަބްގެ މައްޗަށް ކުރި ހޯދީ 3-1 ސެޓުންނެވެ. 

މެޗުގެ ފުރަތަމަ ސެޓު އެޗްޑީސީއިން ކާމިޔާބުކުރީ 25-20 ޕޮއިންޓުންނެވެ. ނަމަވެސް ދެވަނަ ސެޓު ޕޮލިސް ކްލަބުން ވަނީ 25-23 ޕޮއިންޓުން ކާމިޔާބު ކޮށްފައެވެ. 

އެޗްޑީސީއިން މެޗު ކާމިޔާބުކުރީ ޕޮލިސް ކްލަބަށް އިތުރު ސެޓެއް ނުދީ، މެޗުގެ ތިން ވަނަ ސެޓު 25-20 ޕޮއިންޓުން އަދި ހަތަރު ވަނަ ސެޓު 25-17 އިން ކާމިޔާބު ކޮށްގެންނެވެ.

މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެޗްޑީސީގެ ޖާޒީ ނަންބަރު 5، ނޫރުމުހައްމަދު ޓޮކްޓޯވްއެވެ. 

ގައުމީ ވޮލީ ލީގުގެ ދެ މެޗެއް މިއަދު ވެސް ކުޅޭނެއެވެ. ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ، މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން، ދިވެހި ސިފައިންގެ ކްލަބާއި، ސްޕޯޓްސް ކްލަބް ސިޓީއެވެ. އަދި ދެވަނަ މެޗުގައި ބައްދަލު ކުރާނީ ޕޮލިސް ކްލަބާއި، ބްލޫޒް ފޯރ ވޮލީބޯލްއެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS