ވިޔަފާރި / ޚަބަރު

ސްޓެލްކޯއިން މިއަހަރު 19 ރަށަކަށް 20 ޖެނެރޭޓަރު ސެޓު ފޯރުކޮށްދީ ޚިދުމަތް އިތުރު ހަރުފަތަކަށް

ސްޓެލްކޯއިން މިއަހަރު 19 ރަށަކަށް 20 ޖެނެރޭޓަރު ސެޓު ފޯރުކޮށްދީ ޚިދުމަތް އިތުރު ހަރުފަތަކަށް

ސްޓެލްކޯއިން ރަށަކަށް ޖަނަރޭޓަރ ފޮނުވަނީ ފޮޓޯ:ޕީއެސްއެމް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

31 ޑިސެމްބަރު 2024، 11:09

31 ޑިސެމްބަރު 2024، 11:09

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ކަރަންޓުގެ ޚިދުމަތްދޭ 19 ރަށަކަށް 20 ޖެނެރޭޓަރު ސެޓު މިއަހަރު ފޯރުކޮށްދީފައިވާ ކަމަށް އެ ކުންފުނިން މިއަދު ހާމަކޮށްފިއެވެ.

ސްޓެލްކޯއިން މަޢުލޫމާތު ދެއްވިގޮތުގައި، މި 20 ޖެނެރޭޓަރު ސެޓުގެ ޖުމްލަ ކެޕޭސިޓީއަކީ 9،198 ކިލޯވޯޓެވެ. މި ޖެނެރޭޓަރުތައް ފޯރުކޮށްދީފައިވަނީ އިތުރުވަމުން އަންނަ ކަރަންޓުގެ ޑިމާންޑާ އެއްވަރަށް ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ކަމަށް އެ ކުންފުނިން ބުނެއެވެ.

ސްޓެލްކޯއިން މާލޭގެ އިތުރުން ކަރަންޓުގެ ޚިދުމަތް ދެމުންދަނީ ކ. އަތޮޅުގެ 5 ރަށަކަށާއި، އއ. އަތޮޅުގެ 6 ރަށަކަށާއި، އދ. އަތޮޅުގެ 6 ރަށަކަށާއި އަދި ވ. އަތޮޅުގެ 3 ރަށަކަށެވެ. މި ރަށްރަށުގައި ސްޓެލްކޯގެ 36 އިންޖީނުގެ ޤާއިމްކޮށް ޚިދުމަތް ދެމުންގެންދެއެވެ.

އަލަށް ފޯރުކޮށްދިން ޖެނެރޭޓަރު ސެޓުތަކާއެކު ދެވޭ ކަރަންޓުގެ ޚިދުމަތް އިތުރަށް ފުރިހަމަވާނެ ކަމަށް ސްޓެލްކޯއިން ބުނެއެވެ. މީގެ އިތުރުން، ތިމާވެށްޓާ ރައްޓެހި ހަކަތަ އުފެއްދުމަށް އެ ކުންފުނިން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށްވެސް ބުނެއެވެ.

ސްޓެލްކޯއިން އިތުރަށް ހާމަކުރި ގޮތުގައި، މާލޭގައި ހުރި ޕަވަރ ސްޓޭޝަނުން 47.7 މެގަވޮޓުގެ ކަރަންޓު ފޯރުކޮށްދެމުންދާއިރު، 11،000 ކިލޯވޮޓުގެ ހަކަތަ ފޯރުކޮށްދެވޭ މިންވަރަށް އިރުގެ އަލިން ހަކަތަ އުފައްދާ ނިޒާމު އެ ކުންފުނިން ވަނީ ޤާއިމްކޮށްފައެވެ.

މީގެ އިތުރުން، ސްޓެލްކޯގެ ވިޔަފާރި ފުޅާކުރުމަށް ކުރާ މަސައްކަތުގެ ދަށުން، ޖެނެރޭޓަރު ވިއްކުމަށް ޚާއްޞަ ބިޒްނަސް ސެންޓަރެއް ވަނީ ތަރައްޤީކޮށްފައެވެ. މި ސެންޓަރުގެ ސަބަބުން ޖެނެރޭޓަރެއްގެ މައްސަލަ ޖެހިއްޖެނަމަ، ރަށްރަށަށް އެ ތަކެތި އަވަހަށް ފޯރުކޮށްދިނުމުގެ މަގު ފަހިވާނެ ކަމަށް ސްޓެލްކޯއިން ބުނެއެވެ.


މި ލިޔުން ކިޔާލުމުން