Ads by Exprox

ޚަބަރު

ހިސާބު ޢިލްމުގެ ދާއިރާއިން ރާއްޖެއަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވި ޢަލީ މާހިރު ނިޔާވެއްޖެ

ހިސާބު ޢިލްމުގެ ދާއިރާއިން ރާއްޖެއަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވި ޢަލީ މާހިރު ނިޔާވެއްޖެ

މިޞްރުގައި ހޭދަކުރެއްވި ދުވަސްވަރު ނަންގަވާފައިވާ ފޮޓޯއެއް ފޮޓޯ: ސޯޝަލް މީޑިއާ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

31 ޑިސެމްބަރު 2024، 11:34

31 ޑިސެމްބަރު 2024، 11:34

ހިސާބު ޢިލްމާއި ފަލަކީ ޢިލްމުގެ ދާއިރާއިން ދިވެހިރާއްޖެއަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވި، ޢަލީ މާހިރު (90 އަހަރު) އިއްޔެ ރޭ ވަނީ ނިޔާވެފައެވެ.

ޢަލީ މާހިރަކީ މިޞްރުގެ އަލްއަޒްހަރު ޔުނިވަރސިޓީން އިންޖިނިއަރިންގ ދާއިރާއިން މަތީ ތަޢުލީމު ޙާޞިލުކުރެއްވި ބޭފުޅެކެވެ. އޭނާ އެންމެ ގިނައިން ފާހަގަކުރެވެނީ ހިސާބު ޢިލްމުގެ މާހިރެއްގެ ގޮތުގައެވެ. ހިސާބު ޢިލްމާއި ފަލަކީ ޢިލްމާ ގުޅުންހުރި މުހިންމު މަސައްކަތްތަކެއް ކުރެއްވުމުގެ އިތުރުން، އަމިއްލަ ޝައުޤުވެރިކަމާއެކު ހިސާބު ޢިލްމު އުނގަންނައިދެއްވުމަކީވެސް އޭނާ ކުރެއްވި މުހިންމު މަސައްކަތްޕުޅެކެވެ.

ޤައުމީ ފެންވަރުގައި، ޢަލީ މާހިރު ވަނީ ދިވެހި ކަލަންޑަރު އެކުލަވާލުމާއި، ދިވެހިރާއްޖޭގެ ނަމާދު ވަގުތުތައް ތަރުތީބުކުރުން ފަދަ މުހިންމު މަސައްކަތްތަކެއް ކުރައްވާފައެވެ. މީގެ އިތުރުން، އޭނާ ވަނީ ސަރުކާރުގެ އިސް މަޤާމުތަކެއްވެސް ފުރުއްވާފައެވެ. އޭގެ ތެރޭގައި މަޙްކަމަތުއް ޝަރުޢިއްޔާގެ އިސް މަޤާމުތަކާއި، ސަރުކާރު ބޮޑު އިސްޓޯރުގެ މެނޭޖަރުކަމާއި، ޤައުމީ ކުތުބުޚާނާގެ ވެރިޔާކަން ހިމެނެއެވެ.

ޢަލީ މާހިރުގެ ގާތްތިމާގެ މީހުން އޭނާ ސިފަކުރަނީ މަޑުމައިތިރި، ހިތްހެޔޮ އަދި ޚުލްޤު ރަނގަޅު ބޭފުޅެއްގެ ގޮތުގައެވެ. އޭނާގެ އުމުރުފުޅުގެ ފަހު ދުވަސްވަރު ހޭދަކުރެއްވީ އާލާސްކަންފުޅުގެ ސަބަބުން މަސައްކަތްތަކުން ދުރުވެވަޑައިގެންނެވެ.


                    

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު

450

Ads by MSS