Ads by Exprox

ޚަބަރު

ޤަވާއިދާ ޚިލާފު ބިދޭސީން އުޅޭ ތަންތަން ބަލާ ފާސްކުރަން ޚާއްޞަ ހަރަކާތެއް ފަށައިފި!

ޤަވާއިދާ ޚިލާފު ބިދޭސީން އުޅޭ ތަންތަން ބަލާ ފާސްކުރަން ޚާއްޞަ ހަރަކާތެއް ފަށައިފި!

އިމިގްރޭޝަނުން ބިދޭސީން އުޅޭ ތަނެއް ބަލާފާސްކުރަނީ. ފޮޓޯ: އިމިގްރޭޝަން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

11 ސެޕްޓެމްބަރު 2024، 05:15

11 ސެޕްޓެމްބަރު 2024، 05:15

ޤަވާޢިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން އުޅޭ ތަންތަން ބަލާ ފާސްކުރާ ޚާއްޞަ ހަރަކާތެއް އިމިގްރޭޝަނުން ފަށައިިފިއެވެ. 

އިމިގްރޭޝަނުން ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ވިސްނުންފުޅާއި އިރުޝާދުގެ ދަށުން ޤަވާޢިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ދިރިއުޅޭ ތަންތަނާއި މިފަދަ ފަރާތްތަކުން އާންމު ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާފަދަ ގޮތަށް ކާބޯތަކެތި ތައްޔާރުކުރާ ތަންތަން ބަލައި ފާސްކުރުމަށް މާލެ ސަރަހައްދުގައި ހާއްސަ އޮޕަރޭޝަނެއް 10 ސެޕްޓެންބަރުގައި ފަށައިގެން ކުރިއަށްދާ ކަމަށެވެ.

އަދި މިއީ ޤަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތައް ހައްލުކޮށް، އާންމު ރައްޔިތުންގެ ސަލާމާތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން ހިންގަމުން އަންނަ އޮޕަރޭޝަނެއް ކަމުގައި އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

އިއްޔެ ފެށި މި އޮޕަރޭޝާންގެ ތެރެއިން މާލޭގެ 03 ގެއެއް ބަލައި ފާސްކޮށް ޤަވާޢިދާ ޚިލާފަށް އުޅޭ 13 ބިދޭސީއެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

މި އޮޕަރޭޝަންގެ ތެރެއިން ޤަވާޢިދާއި ޚިލާފަށް ބިދޭސީން އުޅޭ އޮކޮމެޑޭޝަމްތަށް ބަލައި ފާސްކުރުމަށް ވަނީ ހަމަޖެހިފައެވެ.

އިމިގްރޭޝަނުން ބުނީ، މި އޮޕަރޭޝަންގައި މާލެ ސަރަހައްދުގައި ހިމެނޭ މިފަދަ ހުރިހާ ބިދޭސީން އުޅޭ އެކޮމޮޑޭޝަންތައް ބަލައި ފާސްކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އަދި ޤަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީންނަށް މިފަދަ ތަންތަން ކުއްޔަށް ދީފައިވާ ފަރާތްތަކަށް އިމިގްރޭޝަން ޤާނޫނުގެ ދަށުން ފިޔަވަޅު އެޅުމަށް ނިންމާފައިވާކަމަށްވެސް އެ އިދާރާއިން ވަނީ ބުނެފައެވެ.

 

މި ލިޔުން ކިޔާލުމުން

Ads by Stelco