Ads by Exprox

ޚަބަރު

ސިނަމާލެ ބްރިޖްގައި ޕެޓްރޯލް ކުރުމަށް ސައިކަލު ބޭނުންކުރަން ފަށަނީ!

ސިނަމާލެ ބްރިޖްގައި ޕެޓްރޯލް ކުރުމަށް ސައިކަލު ބޭނުންކުރަން ފަށަނީ!

ސިނަމާލެ ބްރިޖް. ފޮޓޯ:ޒިންހުއާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

11 ސެޕްޓެމްބަރު 2024، 05:41

11 ސެޕްޓެމްބަރު 2024، 05:41

ޓްރެފިކްގެ މައްސަލަތައް ގިނަވަ އެކްސިޑެންޓުތައް ގިނަވަމުންދާތީ ސިނަމާލެ ބްރިޖްގައި ޕެޓްރޯލް ކުރުމަށް ސައިކަލު ބޭނުންކުރަން ފެށުމަށް ހަމަޖެހިފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. 

ދައުލަތުގެ މީޑިއާގައި ވާހަކަދައްކަވަމުން ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ލުތުފީ ވަނީ ސިނަމާލެ ބްރިޖަކީ އެންމެ ގިނައިން އެކްސިޑެންޓްތައް ހިނގާ އެއްތަންކަން ފާހަގަކުރައްވައިފައެވެ.

އަދި  ބްރިޖުގައި ހިނގާ އެކްސިޑެންޓުތަކުން ލިބޭ ގެއްލުން ބޮޑުކަމަށްވެސް ލުތުފީ ވަނީ ވިދާޅުވެފައެވެ. 

ލުތުފީ ވިދާޅުވީ، މިއަދާ ހަމައަށް ޕެޓްރޯލް ކުރަމުން އައީ ކާރު ބޭނުންކޮށްގެން ކަމަށާއި ފުލް ޕެޓްރޯލް ކުރާ ގޮތަށް ޕޮއިންޓް ހަދައިގެން މާލެ އާއި ހުޅުމާލެ ތެރޭގައި ތިބުމަކީ ފަސޭހަ ކަމެއް ނޫން ކަން ލުތުފީ ފާހަގަކުރެެއްވެވިއެވެ.

އެހެންކަމުން މި ހަފުތާ ނިމުމުގެ ކުރިން ސައިކަލު ބޭނުން ކުރުމަށް މަސައްކަތްކުރަމުންދާ ކަމަށް ލުތުފީ ވިދާޅުވިއެވެ.

ލުތުފީ ވިދާޅުވީ މިއީ މިހާރަށް ވުރެ ބޮޑަށް ބުރިޖު މަތީގައި ފުލުހުންގެ ހަރަކާތްތައް އިތުރުވެ ކުށްކުރާ ފަރާތްތައް ދެނެގަތުމަށް އެޅޭ ރަނގަޅު ފިޔަވަޅަކަށް ވެގެންދާނެކަމަށެވެ.

ހަމައެއާއިއެކު، ސައިކަލު ބޭނުން ކުރަން ފެށުމުން އެކްސިޑެންޓެއް ހިނގައިފިނަމަ، އެފަދަ ސީންތަކަށް ވީހާވެސް އަވަހަށްް ވާސިލްވާން ފަސޭހަވެ އަވަހަށް ޓްރެފިކް ފްލޯ ހަމައަކަށް އެޅުމަށްވެސް ފަސޭހަވާނެކަމަށް ލުތުފީގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

 

މި ލިޔުން ކިޔާލުމުން

Ads by Stelco