Ads by Exprox

ޚަބަރު

ބޯކޮށް ވާރޭވެހި ފެންބޮޑުވާނެކަމަށް ލަފާކޮށް މެދުރާއްޖެތެރެއަށް އޮރެންޖު އެލާޓް ނެރެފި

ބޯކޮށް ވާރޭވެހި ފެންބޮޑުވާނެކަމަށް ލަފާކޮށް މެދުރާއްޖެތެރެއަށް އޮރެންޖު އެލާޓް ނެރެފި

ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ފެން ހިއްކަން މަސައްކަތް ކުރަނީ، ފޮޓޯ: އެންޑީއެމްއޭ

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

03 ޖެނުއަރީ 2025، 03:44

03 ޖެނުއަރީ 2025، 03:44

ހުލާސާ

އޮރެންޖު އެލާޓަކީ އެލާޓު ލެވެލްގެ ތިންވަނަ ދަރަޖަ ރަމްޒުކޮށްދޭ ކުލަ.

އޮރެންޖު އެލާޓު ނެރެނީ ގަޑިއަކު 90 މިލިމީޓަރު، ނުވަތަ 6 ގަޑިއިރު ތެރޭގައި 120 މިލިމީޓަރުގެ ވާރޭ ވެހޭނެކަމަށް އަންދާޒާ ކުރެވޭނަމަ.

މިއަދުގެ 3:00 އިން ފެށިގެން މިރޭގެ 7:00 އާ ދޭތެރޭ މެދުރާއްޖެތެރެއަށް ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށް، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް އިން އޮރެންޖު އެލާޓު ނެރެފިއެވެ. 

އަދި މި ސަރަހައްދަށް، މި ވަގުތުތަކުގައި ވާރޭވެހުމުގެ ސަބަބުން ފެންބޮޑުވެދާނެ ކަމަށް ވެސް ވަނީ ލަފާކޮށްފައެވެ.

އޮރެންޖު އެލާޓަކީ އެލާޓު ލެވެލްގެ ތިންވަނަ ދަރަޖަ ރަމްޒުކޮށްދޭ ކުލައެވެ. އޮރެންޖު އެލާޓު ނެރެނީ ގަޑިއަކު 90 މިލިމީޓަރު، ނުވަތަ 6 ގަޑިއިރު ތެރޭގައި 120 މިލިމީޓަރުގެ ވާރޭ ވެހޭނެކަމަށް އަންދާޒާ ކުރެވޭނަމައެވެ. 

އަދި މި އެލާޓު ލެވެލްގައި ވައިގެ ބާރުމިން އަންދާޒާ ކުރެވޭ މިންވަރު ހުންނާނީ ގަޑިއަކު 36-42 މޭލުގެ ބާރުމިނުގައެވެ.

މި މޫސުމުގައި މިއަދު ވެސް ވަނީ ވާރޭ ވެހުމުގެ ސަބަބުންނާއި އުދަ އެރުމުގެ ސަބަބުން 7 ރަށެގައި ފެންބޮޑުވެފައެވެ.

މޫސުމާ ބެހޭ އިދާރާއިން ކުރިން ހާމަކޮށްފައިވާ ގޮތުގައި، މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައަކީ މި ސަރަޙައްދުގައި އުފެދިފައިވާ ސަރކިއުލޭޝަނެއްގެ ސަބަބުން ކުރަމުންދާ ވިއްސާރައެކެވެ. އަދި މި ވިއްސާރަ އަލިކުރާނެކަމަށް ލަފާކުރެވެނީ އަންނަ ހޮނިހިރު ދުވަހުން ފެށިގެންކަމަށް ވެސް އެ އިދާރާއިން ވަނީ ހާމަކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Ads by Stelco