Ads by Exprox

ޚަބަރު

ބަނގުރާ ދަޅުތަކަކާ އެކު ބިދޭސީއަކު ހައްޔަރުކޮށްފި!

ބަނގުރާ ދަޅުތަކަކާ އެކު ބިދޭސީއަކު ހައްޔަރުކޮށްފި!

ބަނގުރާ ދަޅު ތަކާ އެކު ހައްޔަރުކުރި މީހާ. ފޮޓޯ:ޕޮލިސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

11 ސެޕްޓެމްބަރު 2024، 05:43

11 ސެޕްޓެމްބަރު 2024، 05:43

ބަނގުރާ ދަޅުތަކަކާ އެކު ބިދޭސީއަކު ހައްޔަރުކޮށްފިއެވެ. 

ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ، އެ އިދާރާއަށް ލިބުނު މައުލޫމާތަކާ ގުޅިގެން ރޭ ހިންގި އެ އޮޕަރޭޝަނުގައި ހުޅުމާލެ ފޭސް 1 މިދިލިމަގުން ކާރެއް ހުއްޓުވައި ބަލައިފާސްކުރިއިރު 144 ދަޅު ބަނގުރާ އަދި 4 ފުޅި ބަނގުރާ ފެނިފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އެމްޑީ ކާލޫ (26އ) ނަމަކަށް ކިޔާ ބަންގްލަދޭޝް އަށް ނިސްބަތްވާ މީހެކެވެ.

މި މައްސަލަ ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނުން ގެންދަނީ ތަޙުޤީޤުކުރަމުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ. 

 

 

މި ލިޔުން ކިޔާލުމުން

Ads by Stelco