ދުނިޔެ

ޗައިނާގައި ކޮވިޑާއި އެއްގޮތް ރޯގާއެއް ފެތުރެނީ

ޗައިނާގައި ކޮވިޑާއި އެއްގޮތް ރޯގާއެއް ފެތުރެނީ

ޗައިނާގެ ހޮސްޕިޓަލެއްގައި މީހުން ޖަމާވެފައި ފޮޓޯ:އިންޓަނެޓް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

04 ޖެނުއަރީ 2025، 03:21

04 ޖެނުއަރީ 2025، 03:21

ކޮވިޑް-19 ގެ ބަލިމަޑުކަން ފެތުރުނުތާ 5 އަހަރު ފަހުން، މިހާރު ޗައިނާގައި އިންސާނުންގެ މެދުގައި މެޓަޕްނިއުމޯވައިރަސް (އެޗްއެމްޕީވީ) ގެ ބަލި ފެތުރެމުންދާކަމަށް ރިޕޯޓުތަކުން ދައްކައެވެ. ސޯޝަލް މީޑިއާގައި ހިއްސާކުރެވޭ މަޢުލޫމާތުތަކުން ދައްކާގޮތުގައި މި ބަލި ވަރަށް އަވަހަށް ފެތުރެމުންދާކަމަށާއި، ބައެއް ހޮސްޕިޓަލްތަކާއި ، މަރުވުމުން ހަށިގަނޑު އަންދާ ތަންތަން ވަނީ ޖާގަ ނެތް ހިސާބަށް ގޮސްފައެވެ.

އޮންލައިންކޮށް ހިއްސާކުރެވޭ ވީޑިއޯތަކުން ދައްކާގޮތުގައި ހޮސްޕިޓަލްތައް ވަނީ ފުރިފައެވެ. އަދި އިންފްލުއެންޒާ އޭ، އެޗްއެމްޕީވީ، މައިކޯޕްލާޒްމާ ނިއުމޯނިއާ އަދި ކޮވިޑް-19 ފަދަ އެކި ބާވަތުގެ ވައިރަސްތައް ފެތުރެމުންދާކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.

ޗައިނާގެ ބަލި ކޮންޓްރޯލް ކުރާ އިދާރާއިން ބުނާގޮތުގައި ސަބަބު ނޭނގޭ ނިއުމޯނިއާ މޮނިޓަރ ކުރުމުގެ ނިޒާމެއް ޕައިލެޓް ކުރަމުންދާކަމަށާއި، ފިނިމޫސުމުގައި ނޭވާލުމާ ގުޅުންހުރި ބަލިތައް އިތުރުވާނެކަމަށް ލަފާކުރެވެއެވެ. މި ނިޒާމު ޤާއިމުކުރުމުގެ މަޤްޞަދަކީ އަލަށް ފެންނަ ބަލިތަކާ ކުރިމަތިލުމަށް ޕްރޮޓޮކޯލްތައް އެކުލަވާލުމަށް މަގުފަހިކުރުމެވެ.

ޑިސެމްބަރ 16 އިން 22 އަށް ނަގާފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ނޭވާލުމާ ގުޅުންހުރި ބަލިތައް އިތުރުވަމުންދާކަން ފާހަގަކުރެވެއެވެ. ޚާއްޞަކޮށް 14 އަހަރުން ދަށުގެ ކުދިންގެ މެދުގައި އެޗްއެމްޕީވީ އިތުރުވަމުންދާކަން ފާހަގަކުރެވެއެވެ. ނަމަވެސް މިއަހަރު ޖުމުލަ ކޭސްތައް މިދިޔަ އަހަރަށްވުރެ މަދުވާނެކަމަށް އޮފިޝަލުން ބުނެފައިވެއެވެ.

ޝަންހާއީގެ ހޮސްޕިޓަލެއްގެ ނޭވާލުމުގެ ނިޒާމުގެ މާހިރަކު ދީފައިވާ އިންޓަވިއުއެއްގައި އެޗްއެމްޕީވީ އަށް ވެކްސިނެއް ނެތްކަމަށާއި، މި ބައްޔަށް އެންޓިވައިރަލް ބޭސް ބޭނުންކުރުމުގައި ސަމާލުވުމަށް އާންމުންނަށް އިންޒާރުދީފައިވެއެވެ.
 

 

މި ލިޔުން ކިޔާލުމުން