Ads by Exprox

ޚަބަރު

މަގުމަތީގައި އަޑުގަދަވާގޮތައް މޮޑިފައިކޮށްގެން ދުއްވާ އުޅަނދުތައް އެއްމަސްދުވަހަށް ހިފަހައްޓަނީ!

މަގުމަތީގައި އަޑުގަދަވާގޮތައް މޮޑިފައިކޮށްގެން ދުއްވާ އުޅަނދުތައް އެއްމަސްދުވަހަށް ހިފަހައްޓަނީ!

މާލޭގެ މަގުމަތި. ފޮޓޯ:އިންޓަރނެޓް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

11 ސެޕްޓެމްބަރު 2024، 05:50

11 ސެޕްޓެމްބަރު 2024، 05:50

މަގުމަތީގައި އަޑުގަދަވާގޮތައް މޮޑިފައިކޮށްގެން ދުއްވާ އުޅަނދުތައް އެއްމަސްދުވަހަށް ހިފަހެއްޓޭ ގޮތައް ފުލުހުންގެ ޤަވާޢިދަށް އިޞްލާޙު ގެނެސްފިއެވެ. 

އެއްގަމު ދަތުރުފަތުރު ކުރުމާ ބެހޭ ޤާނޫނުގެ ދަށުން ފުލުހުން މި ޤަވާޢިދަަށް އިޞްލާޙު ގެނެސް ޤަވާއިދު މިހާރު ވަނީ ގެޒެޓްކޮށްފައެވެ.

މިއިޞްލާޙުގައި ވާގޮތުން، ސައިލެންސަރުގެ އަޑު ގަދަކޮށްގެން މީހުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް އުޅަނދު ދުއްވައިފިނަމަ، އެ އުޅަނދު ދޫކުރެވޭނީ، ގެނެސްފައިވާ މޮޑިފިކޭޝަން ރަނގަޅު ކުރުމަށްފަހު މޮޑިފައިކޮށްފައިވަނީ ސައިލެންސަރު ނުވަތަ ބަރުގޮނު ފަދަ ބިރުވެރިކަން އުފެދޭ އެއްޗެއް ނަމަ، އެ އެއްޗެއް ފުލުހުންގެ ބެލުމުގެ ދަށުން ނައްތާލުމަށްފަހުގައި ކަމަށެވެ.

އަދި އުޅަނދު ދޫކުރެވޭނީ އުޅަނދު ހިފެހެއްޓޭތާ 30 ދުވަސް ހަމަވުމުން ކަމަށް ވެސް އެ އިޞްލާޙުގައި ބަޔާންކޮށްފައިވެއެވެ.

ހަމަމިއާއެެކު، ސައިލަންސަރު ބަދަލުކޮށްފައިވާ އުޅަނދެއް ނަމަ، ވެރިފަރާތަަށް އެކަން އަންގައިގެން އެ ކަމެއް ރަނގަޅު ނުކޮށްގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ އުޅަނދެއް ނަމަ 15 ދުވަހުގެ ތެރޭގައި އެ އުޅަނދަކަށް ގެނެސްފައިވާ ބަދަލު ރަނގަޅުކުރަން ޖެހޭނެ ކަމަށް ވެސް މި އިޞްލާޙުގައި ބުނެފައިވެއެވެ.

އެޤަވާޢިދަށް ގެނައި ބަދަލުތަކުގެ ތެރޭގައި ނުޤަވާޢިދުން ޕާކުކޮށްގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަ އުޅަނދުތައް 48 ގަޑިއިރަށް ހިފެހެއްޓުމާއި، އަސްލަށް ބަދަލު ގެނެސްގެން ދުއްވާ އުޅަނދެއް ނަމަ ވެރިފަރާތަށް އަންގައި އެ ކަމެއް ރަނގަޅުނުކޮށްފިނަމަ 15 ދުވަހަށް އެ އުޅަނދެއް ޓޯކުރުން ވެސް ހިމެނެއެވެ.

 

މި ލިޔުން ކިޔާލުމުން

Ads by Stelco