ޚަބަރު
ގަލޮޅުގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިން ސިފައިން ހަރަކާތްތެރިވާން ފަށައިފި
އަލިފާނުގެ ހާދިސާ ހިނގައިގެން އުޅޭ ސަރަހައްދު
ފަރުދުން
07 ޖެނުއަރީ 2025، 12:05
07 ޖެނުއަރީ 2025، 12:05
ހުލާސާ
މި ހާދިސާއާ ގުޅިގެން އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސަރވިސަސްއިން އަލިފާން ނިންވުމުގެ މަސައްކަތް މިހާރު ވަނީ ފަށާާފައި.
ގަލޮޅު އުފުރިޔާ ނަމަކަށް ކިޔާ ގޭގެ ހަވަނަ ފަންގިފިލާގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
މި ހާދިސާ ހިނގައިގެން އުޅޭކަމުގެ ރިޕޯޓު، ހޯމަ ދުވަހުގެރޭގެ 11:27ގައި ކުރުމާ ގުޅިގެން، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ ފަޔަރ އެންޑް ރެސްކިއު ސަރވިސަސްއިން އެ ސަރަހައްދަށް ގޮސް އަލިފާން ނިންވުމުގެ މަސައްކަތް ވަނީ ވަގުތުން ފަށާފައެވެ.
އެ ސަރަހައްދުގެ ބޮޑު ބަޔަކަށް އެވަގުތު ދުންގަނޑު ފެތުރިގެން ދިޔަ ނަމަވެސް، އެ ގޭގެ އިތުރު އެޕާޓްމަންޓުތަކަށާއި، ކައިރިން ޖެހިގެން ހުރި އެއްވެސް އިމާރާތަކަށް އަލިފާނުގެ އަސަރު ފޯރާފައެއް ނުވެއެވެ.
އަދި އެމްއެންޑީއެފް އިން ހާމަކޮށްފައިވާ ގޮތުގައި، ރޭ ދަންވަރު 00:01ގައި ވަނީ އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނުކަމުގެ ރިޕޯޓެއް ކޮށްފައެއް ނުވެއެވެ.
އާންމުކޮށް ގިނަ ބަޔަކު ވިޔަފާރި ކުރުމަށް ގޮސްހަދާ އިހުސާން ފިހާރަ ހުންނަނީ މި ހާދިސާ ހިނގައިގެން އުޅުނު އިމާރާތުގެ ގްރައުންޑް ފްލޯރގައެވެ.