Ads by Exprox

ޚަބަރު

މަސްތުވާތަކެތީގެ ވަބާއަށް ފަރުވާދޭ މަރުކަޒުތަކުގެ އެންމެ ބޮޑު ގޮންޖެހުމަކީ ޖާގައިގެ ދަތިކަން : ލުބްނާ

މަސްތުވާތަކެތީގެ ވަބާއަށް ފަރުވާދޭ މަރުކަޒުތަކުގެ އެންމެ ބޮޑު ގޮންޖެހުމަކީ ޖާގައިގެ ދަތިކަން : ލުބްނާ

ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)ގެ ޗެއަރޕާސަން ލުބްނާ ޒާހިރު ފޮޓޯ:އެންޑީއޭ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

07 ޖެނުއަރީ 2025، 03:06

07 ޖެނުއަރީ 2025، 03:06

ދިވެހިރާއްޖޭގައި މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ އަދަދު އިތުރުވަމުން ދިޔަ ނަމަވެސް، ފަރުވާދޭ މަރުކަޒުތަކުގެ ޖާގައިގެ ދަތިކަން ދިމާވެފައިވާ ކަމަށް ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)ގެ ޗެއަރޕާސަން ލުބްނާ ޒާހިރު ވިދާޅުވެއްޖެއެވެ.

އެންޑީއޭގެ ޗެއަރޕާސަން ލުބްނާ ޒާހިރު ވިދާޅުވި ގޮތުގައި، ރިހެބިލިޓޭޝަން ސެންޓަރު އެންމެ ފުރަތަމަ 1997 ވަނަ އަހަރު ބިނާކުރި ފަހުން މިއަދާ ހަމައަށް އިމާރާތަށް އެއްވެސް ބަދަލެއް ނައިސް އޮތް އޮތުމަކީ، އެންޑީއޭގެ ފަރުވާގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމެވެ.

"މުޅި ރިހެބިލިޓޭޝަން ސެންޓަރުގެ ކެޕޭސިޓީއަކީ 205. އެކަމަކު މަސްތުވާތަކެތި ނަގާ މީހުންގެ އަދަދުތަކާއި އަދި ފަރުވާ ދޭންޖެހޭ މީހުންގެ އަދަދުތަކަށް ބަލައިލާއިރު ޖާގައިގެ ދަތިކަން ވަރަށް ބޮޑަށް ދިމާވޭ. ރީހެބް ސެންޓަރަކީ ވަރަށް ކުރިން ހަދާފައިވާ އިމާރާތަކަށް ވެފައި ފާއިތުވި 10 ނޫނީ 15 އަހަރު ވެސް ނެތް އެއްވެސް ވަރަކަށް ސްޓްރަކްޗާ އަށް ބަދަލެއް ގެނެސްފައެއް، 1997 ވަނަ އަހަރު އަޅާފައި ހުރި އިމާރާތް އަދި ވެސް ހުރީ," ލުބްނާ ވިދާޅުވިއެވެ.

ރާއްޖޭގެ މަސްތުވާތަކެތީގެ މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި، ރީހެބް ސެންޓަރުގެ ސްޓްރަކްޗާ ބަދަލުކޮށް، ޖާގަ އިތުރު ކޮށްގެން ހިންގުން ހަރުދަނާ ކުރުމުގެ މަސައްކަތަށް މިއަހަރު ބޮޑު އިސްކަމެއް ދޭނެ ކަމަށް ލުބްނާ ވިދާޅުވިއެވެ.

މަސްތުވާތަކެތި ބޭނުންކުރާ މީހުން ފަރުވާގެ ނިޒާމަށް ވެއްދުމަށް ޚާއްސަ އޮޕަރޭޝަނެއް އެންޑީއޭއާއި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން މިދިޔަ އަހަރުގެ އޮކްޓޫބަރު 22 ވަނަ ދުވަހު ފަށާފައިވެއެވެ. މި އޮޕަރޭޝަންގެ ދަށުން މަގުމަތީގައި ސަލާންޖަހަން އުޅޭ މަސްތުވާތަކެތި ބޭނުންކުރާ މީހުންނާއި ވައްކަމާއި ފޭރުމުގައި ހަރަކާތްތެރިވާ މަސްތުވާތަކެތި ބޭނުންކުރާ މީހުންނާއި މަގުމަތީ މަސްތުގެ ހާލަތުގައި އުޅޭ މީހުންގެ އިތުރުން މިސްކިތްތަކުގައި ނިދާ މަގުމަތިވެފައިވާ މީހުން ފަރުވާ ނިޒާމަށް ގެނެސް، އެ މީހުންނަށް ބޭނުންވާ ފަރުވާ ދެވޭނެއެވެ.


                    

މި ލިޔުން ކިޔާލުމުން

Ads by Stelco