ވިޔަފާރި / ޚަބަރު

ސްޓެލްކޯއިން މާދަމާ މާލޭގެ ބައެއް ސަރަޙައްދުތަކުން ކަރަންޓުވިއުގަ ތަރައްޤީކުރަން ކަރަންޓު ކަނޑާލަނީ

ސްޓެލްކޯއިން މާދަމާ މާލޭގެ ބައެއް ސަރަޙައްދުތަކުން ކަރަންޓުވިއުގަ ތަރައްޤީކުރަން ކަރަންޓު ކަނޑާލަނީ

ސްޓެލްކޯއިން މާދަމާ ކަރަންޓު ކެނޑިދާނެ ސަރަޙައްދުތައް ފޮޓޯ:ސްޓެލްކޯ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

08 ޖެނުއަރީ 2025، 01:28

08 ޖެނުއަރީ 2025، 01:28

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން މާލޭގެ ބައެއް ސަރަޙައްދުތަކުން ވަގުތީގޮތުން ކަރަންޓު ކަނޑާލާނެކަމަށް އިއުލާނުކޮށްފިއެވެ. މިގޮތުން މާދަމާ (9 ޖަނަވަރީ 2025) ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 9:30 އާއި 10:30 އާ ދެމެދު މާލެ ސިޓީގެ ޖޯޝީ ހިނގުން، ޗާންދަނީ މަގު އަދި ޗާންދަނީ މަގު ހަނި ގޯޅި ހިމެނޭ ސަރަޙައްދުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑިދާނެކަމަށް ބަޔާންކޮށްފައިވެއެވެ.

ސްޓެލްކޯއިން މިފަދައިން ކަރަންޓު ކަނޑާލަނީ އެ ކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތާ ގުޅިގެންނެވެ. މި މަސައްކަތަކީ މާލޭގެ ކަރަންޓުގެ ޚިދުމަތް އިތުރަށް ހަރުދަނާކޮށް، ރައްޔިތުންނަށް ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ކުރެވޭ މުހިންމު މަސައްކަތެކެވެ.


ސްޓެލްކޯއިން ވަނީ މި މަސައްކަތާ ގުޅިގެން ދިމާވެދާނެ ދަތިތަކަށް މަޢާފަށް އެދިފައެވެ. 



މި ލިޔުން ކިޔާލުމުން