ކުޅިވަރު

އެލޮން މަސްކް ލިވަޕޫލް ގަންނަން ބޭނުންވާކަމަށް އޭނާގެ ބައްޕަ ބުނެފި

އެލޮން މަސްކް ލިވަޕޫލް ގަންނަން ބޭނުންވާކަމަށް އޭނާގެ ބައްޕަ ބުނެފި

އެލޮން މަސްކްގެ ހަޒާނާގައި 424 ބިލިއަން ޑޮލަރު ހުންނާނެކަމަށް އަންދާޒާކުރޭ

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

09 ޖެނުއަރީ 2025، 09:20

09 ޖެނުއަރީ 2025، 09:20

ހުލާސާ

ލިވަޕޫލް ވިއްކާލުމާބެހޭ އެއްވެސް މުއާމަލާތެއް އަދި ހިނގާފައި ނުވާކަމަށް ގިނަ ނޫސްތަކުން ރިޕޯޓުކުރޭ.

ޓެސްލާގެ ސީއީއޯ އަދި ސޯޝަލް މީޑިއާގެ އެންމެ މަޝްހޫރު އެއް ޕްލެޓްފޯމް ކަމުގައިވާ 'އެކްސް'ގެ ވެރިޔާ، އެލޮން މަސްކް، އެންމެ ކާމިޔާބު އިނގިރޭސި ފުޓުބޯޅަ ކްލަބު ކަމުގައިވާ ލިވަޕޫލް ގަންނަން ބޭނުންވާކަމަށް، އޭނާގެ ބައްޕަ ޓައިމްސް ރޭޑިއޯއަށް ދިން އިންޓަވިއުއެއްގައި ބުނެފިއެވެ.

ނަމަވެސް، 'ދަ ޓައިމްސް' އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މިހާރު ލިވަޕޫލް ހިންގަމުންދާ އެމެރިކާގެ ފެންވޭ ސްޕޯޓްސް ގްރޫޕް (އެފްއެސްޖީ) އާއި މަސްކްގެ ފަރާތުން މިކަމުގެ އެއްވެސް މުއާމަލާތެއް ކޮށްފައެއް ނުވެއެވެ. އަދި އޭނާގެ ބައްޕަ އެހެން ބުނިނަމަވެސް، މިއީ އެހާ ސީރިއަސްކޮށް ބުނި ވާހަކައެއްކަމަށް ނުބެލެވޭކަމަށް ވެސް އެ ނޫހުން ރިޕޯޓުކޮށްފައިވެއެވެ.

މީގެ އިތުރުން އެސޯސިއޭޓެޑް ޕްރެސްގެ ނޫސްވެރިއަކު ގުޅުމުން، މިހާތަނަށް ލިވަޕޫލް ވިއްކާލުމާބެހޭ އެއްވެސް މަޝްވަރާއެއް ހިނގާފައިނުވާކަމަށް އެފްއެސްޖީއިން ބުނެފައިވާކަމަށް އެ ނޫހުގައި ރިޕޯޓުކޮށްފައިވެއެވެ.

އަދި އެފްއެސްޖީއަށް ބޮޑު ހުށަހެޅުމެއް ލިބުނުކަމުގައިވީނަމަވެސް، ހަޒާނާގައި ގާތަގަނޑަކަށް 424 ބިލިއަން ޑޮލަރު ހުންނާނެކަމަށް އަންދާޒާކުރާ މަސްކްގެ ހުށަހެޅުން އެ ކުންފުނިން ގަބޫލު ނުކުރާނެކަމަށް ރިޕޯޓުތައް އަންނަނީ ބުނަމުންނެވެ. 

ޓައިމްސް ރޭޑިއޯއަށް ދިން އިންޓަވިއުގައި މަސްކްގެ ބައްޕަ، އެރޮލް ބުނީ، ލިވަޕޫލް ގަތުމާ ބެހޭ ގޮތުން ސީދާ އެއްޗެއް ބުނަން ނޭންގޭ ކަމަށާއި، ނަމަވެސް އެ ކްލަބު ގަތުމަކީ އެލޮން ބޭނުންވާކަމެއްކަމުގެ ޔަގީންކަން ދީފައިވެއެވެ. އަދި އޭނާ އެކަން ބޭނުންވާކަން ހާމަކޮށްފައި އޮތުމަކީ އެކަން ޔަގީންކަމާއެކު ކުރާނެކަން ނޫން ކަމަށް ވެސް އެރޮލް ބުނެފައިވެއެވެ.

މި ވާހަކަ މިގޮތަށް ދެކެވިފައިވާއިރު، ލިވަޕޫލް ސިޓީއާއި މަސްކްއާ ބޮޑު ގުޅުމެއް އެބައޮތެވެ. އޭނާގެ މާމައަކީ ލިވަޕޫލަށް އުފަން މީހެކެވެ. އެހެންކަމުން ލިވަޕޫލްގައި މަސްކްގެ އާއިލާ މީހުން އުޅެއެވެ. 

މިހާރު ލިވަޕޫލް ހިންގަމުން އަންނަ އެފްއެސްޖީ 2010 ވަނަ އަހަރު އެ ކްލަބް ގަތީ 300 މިލިއަން ޕައުންޑަށެވެ. އަދި އޭގެ ފަހުން އެ ކުންފުނިން ވަނީ، ކްލަބްގެ ކުޑަ ހިއްސާއެއް ސެޕްޓެންބަރު 2023ގައި ޑައިނަސްޓީ އިކުއިޓީކިޔާ އެމެރިކާގެ އިންވެސްޓްމެންޓް ފާމްއަކަށް ވިއްކާފައެވެ. 

ފޯބްސްއިން މިދިޔަ އަހަރުގެ މެއި މަހު އާންމުކޮށްފައިވާ ގޮތުގައި ލިވަޕޫލްއަކީ ދުނިޔޭގައި ހަތަރުވަނައަށް އެންމެ މުއްސަނދި ކްލަބެވެ. އަދި އެ ކްލަބުގެ އަގު ގާތްގަނޑަކަށް 4.3 ބިލިއަން ޕައުންޑަށް އަރާނެކަމަށް ވެސް ފޯބްސްއިން ހާމަކޮށްފައިވެއެވެ. 

30 އަހަރަށްފަހު 2020 ގައި ޕްރިމިއަރ ލީގު ކާމިޔާބުކުރި ލިވަޕޫލް މިހާރު އޮތީ އިނގިރޭސި ލީގުގެ އެއްވަނައިގައެވެ. އަދި މީގެ އިތުރުން ޗެމްޕިއަންސް ލީގުގެ ގްރޫޕް ފޭސްގައި ވެސް އެ ޓީމު އަންނަނީ ލީޑު ކުރަމުންނެވެ. 

މި ލިޔުން ކިޔާލުމުން