ވިޔަފާރި / ޚަބަރު
ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ކަރަންޓު ޚިދުމަތް ހަރުދަނާކުރުމަށް މާލެ އާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން މާދަމާ ކަރަންޓު މެދުކެނޑޭނެ

ހުކުރުދުވަހު ކަރަންޓުގެ ޙިދުމަތް ކެނޑޭ ސަރަޙައްދުތައް ފޮޓޯ:ސްޓެކްލޯ
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބަހައްޓާފައިވާ 132 ކޭ.ވީ..ވީ. ގެ ހައިވޯލްޓޭޖް ސަބްސްޓޭޝަން އެނަޖައިޒް ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށްޓަކައި، މާދަމާ ހުކުރު ދުވަހު ހެނދުނު މާލެ އާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑޭނެ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން މިއަދު އިއުލާނު ކޮށްފިއެވެ.
ސްޓެލްކޯ އިން ބުނީ 10 ޖަނަވަރީ 2025 ވާ ހުކުރުދުވަހުގެ ހެނދުނު 06:00 އާއި 08:00 އާއި ދެމެދު 1 ގަޑިއިރުގެ ވަގުތަކަށް މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑޭނެ ކަމަށެވެ. އަދި މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދު ތަކުންވެސް މި ދެންނެވި ވަގުތުގައި ކަރަންޓުގެ ޚިދުމަތް މެދު ކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ކަސްޓަމަރުންގެ ސަމާލުކަމަށް: ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބަހައްޓާފައިވާ 132 ކޭ.ވީ. ގެ ހައިވޯލްޓޭޖް ސަބްސްޓޭޝަން އެނަޖައިޒް ކުރުމަށް ކުރަންޖެހޭ މަސައްކަތްތަށް ކުރުމަށް، 10 ޖަނަވަރީ 2025 ވާ ހުކުރުދުވަހުގެ ހެނދުނު 06:00 އާއި 08:00 އާއި ދެމެދު 1 ގަޑިއިރުގެ ވަގުތަކަށް މާލޭގެ ބައެއް… pic.twitter.com/ortQTGV2b0
— STELCO (@STELCOMALDIVES) January 9, 2025
ސްޓެލްކޯ އިން މައުލޫމާތު ދިން ގޮތުގައި މި ސަބްސްޓޭޝަންގައި 50 އެމްވީއޭގެ ހައިވޯލްޓޭޖް ދެ ޓްރާންސްފޯމަރާއި، ހައިވޯލްޓޭޖް ސުވިޗްގިއަރާއި ހުޅުމާލޭ ދެވަނަ ފިޔަވައްސަށް ބޭނުންވާ ކަރަންޓު ފޯރުކޮށްދިނުމަށް ބަހައްޓާފައިވާ މީޑިއަމް ވޯލްޓޭޖްގެ އައުޓްގޮއިންގ ފީޑަރުތައް ހިމެނެއެވެ.
ސްޓެލްކޯ އިން ވަނީ މިފަދަ ކަންކަމުގައި ކަސްޓަމަރުންގެ ފަރާތުން އަބަދުވެސް ލިބެމުން އަންނަ އެއްބާރުލުމަށް ޝުކުރު ދަންނަވާފައެވެ. އަދި މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވާނެ ދަތިތަކަށް މަޢާފަށް އެދިފައެވެ.