Ads by Exprox

ޚަބަރު

އުމްރާވެރިންތަކެއް ހާލުގައި ޖެއްސި އަލް-މަޝްއަރު ޓުއާސްގެ މައްޗަށް ދައުވާކުރަން ފޮނުވައިފި

އުމްރާވެރިންތަކެއް ހާލުގައި ޖެއްސި އަލް-މަޝްއަރު ޓުއާސްގެ މައްޗަށް ދައުވާކުރަން ފޮނުވައިފި

ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި މައްކާއަށް ގޮސްފައިވާ ބައެއް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

09 ޖެނުއަރީ 2025، 06:56

09 ޖެނުއަރީ 2025، 06:56

ހުލާސާ

އެނގިފައިވާ ގޮތުގައި މި މައްސަލައާ ގުޅިގެން އަލް-މަޝްއަރު ޓުއާސްގެ މައްޗަށް ތިން ކަމަކަށް ދައުވާ ކުރުމަށް ފުލުހުން ވަނީ ނިންމާފައި.

މިދިޔަ އަހަރުގެ ރޯދަމަހު އުމްރާވެރިންތަކެއް މައްކާއަށް ގެންދިއުމަށްފަހު ހާލުގައި ޖެއްސި އަލް-މަޝްއަރު ޓުއާސްގެ ވެރިންގެ މައްޗަށް ދައުވާކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ)ގެ އޮފީހަށް މިދިޔަ ޑިސެންބަރުމަހު ފޮނުވާފައިވާކަމަށް ފުލުހުން ހާމަކޮށްފިއެވެ.

އެނގިފައިވާ ގޮތުގައި މި މައްސަލައާ ގުޅިގެން އަލް-މަޝްއަރު ޓުއާސްގެ މައްޗަށް ތިން ކަމަކަށް ދައުވާ ކުރުމަށް ފުލުހުން ވަނީ ނިންމާފައެވެ. ނަމަވެސް އަދި މިހާތަނަށް ދައުވާކުރުމަށް މި ފޮނުވުނީ އޭގެ ތެރެއިން އެއް މައްސަލައެވެ.

އަދި ޕީޖީއާއެކު މަޝްވަރާކޮށް، އަނެއް ދެ މައްސަލަ ވެސް ކުރިޔަށް ގެންދާނެކަމަށް ފުލުހުން ހާމަކުރެއެވެ.

އަލް-މަޝްއަރު ޓުއާސް ހިންގަމުން އަންނަނީ އަލް-މަޝްއަރު ޕްރައިވެޓްގެ ދަށުންނެވެ. މި ކުންފުނީގެ ދަށުން ހައްޖާއި އުމްރާއަށް މީހުން ގެންދިއުމަށް އަލް-މަޝްއަރު ހައްޖު އެންޑް އުމްރާގެ ނަމުގައި ވެސް ކުރިން ގްރޫޕެއް ހިންގާފައިވެއެވެ. ނަމަވެސް އެއީ އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީ އިން ބާތިލްކޮށްފައި އޮތް ކުންފުންޏެކެވެ.

އެ ކުންފުނިން މިދިޔަ އަހަރުގެ ރޯދަމަހު އުމްރާއަށް މީހުން ގެންދިޔައީ އަލް-މަޝްއަރު ޓުއާސްގެ ނަމުގައި ޓްރެވަލް އެޖެންސީއެއް ހަދައިގެން، މިނިސްޓްރީއިން ހުއްދަ ނުނަގައެވެ. އަދި އުމްރާއަށް ގެންދިޔަ މީހުން ހާލުގައި ޖެހުމުން، އެ މީހުންގެ ޖަރީމާ ފަޅާއަރައި، އެ މައްސަލަ ބެލުމަށް މިދިޔަ އޭޕްރީލް މަހު ޕޮލިހަށް ހުށަހެޅީ މިނިސްޓްރީއިންނެވެ. 

އެ ފަހަރު އުމްރާއަށް ދިޔަ މީހުން ތާށިވީ، އެމީހުންގެ ރިޓާން ޓިކެޓު ނެގުމަށް ދިން ޗެކު ބައުންސްވެ، ޓިކެޓު އިޝޫ ނުކުރުމުންނެވެ. އަދި އެމީހުން އަންނަން އޮތް ތާރީޙަށް ވުރެން އެއް ހަފްތާ ފަހުން ރާއްޖެ އާދެވުނުއިރު، އެ މުއްދަތުގެ ހުރިހާކަމެއް ހަމަޖައްސަން ޖެހުނީ އެމީހުން އަމިއްލައަށެވެ. 

މިފަދަ އެހެން މައްސަލައެއް ވެސް އިއްޔެ ފެންމަތިވެފައިވެއެވެ. މި ފަހަރު ހާލުގައި ޖެހުނީ އަލް-ހިޖްރަ ޓްރެވަލް އެންޑް ޓުއާސް ޕްރައިވެޓް ލިމިޑެޓުގެ ހަވާލުގައި އުމްރާއަށް ދިޔަ ބަޔެކެވެ. މި މީހުންގެ ހާލަތު ބަލަމުން އަންނަކަމުގައި އިސްލާމިކް މިނިސްޓަރު ވަނީ ހާމަކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު

450

Ads by MSS