Ads by Exprox

ޚަބަރު

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ކަރަންޓުގެ ޚިދުމަތް ހަރުދަނާކުރުމަށް ކުރި މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލައިފި

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ކަރަންޓުގެ ޚިދުމަތް ހަރުދަނާކުރުމަށް ކުރި މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލައިފި

ސްޓެލްކޯއިން ކުރީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބަހައްޓާފައިވާ 132 ކިލޯ ވޯލްޓުގެ ހައިވޯލްޓޭޖް ސަބްސްޓޭޝަންގެ ހަކަތަ އިތުރުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް، ފޮޓޯ: ސްޓެލްކޯ

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

10 ޖެނުއަރީ 2025، 06:43

10 ޖެނުއަރީ 2025، 06:43

ހުލާސާ

ހަކަތަ އިތުރު ކުރެވުނު ސަބްސްޓޭޝަންގައި 50 އެމްވީއޭގެ ހައިވޯލްޓޭޖް ދެ ޓްރާންސްފޯމަރާއި، ހައިވޯލްޓޭޖް ސުވިޗްގިއަރާއި ހުޅުމާލޭ ދެވަނަ ފިޔަވައްސަށް ބޭނުންވާ ކަރަންޓު ފޯރުކޮށްދިނުމަށް ބަހައްޓާފައިވާ މީޑިއަމް ވޯލްޓޭޖްގެ އައުޓްގޮއިންގ ފީޑަރުތައް ހިމެނޭ.

 

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބަހައްޓާފައިވާ 132 ކިލޯ ވޯލްޓުގެ ހައިވޯލްޓޭޖް ސަބްސްޓޭޝަންގެ ހަކަތަ އިތުރުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށްޓަކައި، މިއަދު ހެނދުނު ކުރި މަސައްކަތް ކާމިޔާބުކަމާއެކު ސްޓެލްކޯއިން ނިންމާލައިފިކަމަށް، އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ، ޙުސެއިން ފަޙްމީ ވިދާޅުވެއްޖެއެވެ.

އެ ކުންފުނިން ވަނީ މި މަސައްކަތާ ގުޅިގެން މާލޭ އާއި ހުޅުމާލޭގެ ބައެއް ސަރަޙައްދުތަކުން ކަރަންޓު ކެނޑިދާނެކަމަށް ބުރާސްފަތި ދުވަހު އަންގާފައެވެ. ނަމަވެސް ފަޙްމީ ވިދާޅުވީ، ކަރަންޓުގެ ޚިދުމަތަށް އެހާބޮޑު ބުރޫއެއް އެރުވުމަކާ ނުލާ، ސްޓެލްކޯއިން މަސައްކަތް ނިންމާލާފައިވާކަމަށެވެ.

މި ކާމިޔާބު މަސައްކަތާ ގުޅިގެން ފަޙުމީ ވަނީ، އެ މަސައްކަތުގައި ބައިވެރިވި އެ ކުންފުނީގެ މުވައްޒަފުންނާއި ޓެކްނީޝަނުން ކުރެއްވި މަސައްކަތް ފާހަގަކޮށް އެކަމަށް ތަޢުރީފުކުރައްވާފައެވެ. އަދި މިފަދަ މަސައްކަތްތަކުގައި އާންމު ރައްޔިތުން ދެއްވާ އެއްބާރުލެއްވުމަށް ވެސް ފަޙްމީ ޝުކުރު އަދާކުރެއްވެވިއެވެ.

ސޯޝަލް މީޑިއާގައި ފަޙްމީ ކުރެއްވެވި ޕޯސްޓުގައި އޭނާ ވަނީ، މިފަދަ މުހިންމު މަސައްކަތްތައް ކުރިޔަށް ގެންދިއުމަށް ދެއްވާ އެއްބާރުލެއްވުމަށް ވެސް ޝުކުރު އަދާކުރައްވާފައެވެ.

ސްޓެލްކޯ އިން މައުލޫމާތު ދީފައިވާ ގޮތުގައި، މިއަދު ހަކަތަ އިތުރު ކުރެވުނު ސަބްސްޓޭޝަންގައި 50 އެމްވީއޭގެ ހައިވޯލްޓޭޖް ދެ ޓްރާންސްފޯމަރާއި، ހައިވޯލްޓޭޖް ސުވިޗްގިއަރާއި ހުޅުމާލޭ ދެވަނަ ފިޔަވައްސަށް ބޭނުންވާ ކަރަންޓު ފޯރުކޮށްދިނުމަށް ބަހައްޓާފައިވާ މީޑިއަމް ވޯލްޓޭޖްގެ އައުޓްގޮއިންގ ފީޑަރުތައް ހިމެނެއެވެ.

މި ލިޔުން ކިޔާލުމުން

Ads by Stelco