ވިޔަފާރި / ޚަބަރު

ހުޅުމާލޭ ފޭސް 2 ގައި ޓްރާންސްފޯމަރުތަކަކަށް ގެއްލުން ދީފި

ހުޅުމާލޭ ފޭސް 2 ގައި ޓްރާންސްފޯމަރުތަކަކަށް ގެއްލުން ދީފި

ހުޅުމާލެ ފޭސް 2 ގައި ގެއްލުން ދީފައިވާ ޓްރާންސްފޯމަރ ފޮޓޯ: ސްޓެލްކޯ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

11 ޖެނުއަރީ 2025، 10:20

11 ޖެނުއަރީ 2025، 10:20

މިއަދު ހެނދުނު ހުޅުމާލޭ ފޭސް 2 ގައި ހުރި ދެ،  ހައި-ވޯލްޓޭޖް ޓްރާންސްފޯމަރަކަށް ގަސްތުގައި ގެއްލުން ދިނުމުގެ ސަބަބުން ވަނީ ކަރަންޓުގެ ޙިދުމަތަށް ބުރޫ އަރާފައެވެ. މި ޓްރާންސްފޯމަރުތަކަކީ ވަށާފާރު ރާނާ  ދެ ތަޅު ލާފައި ހުރި ތަނެއް ނަމަވެސް، މި ޢަމަލު ހިންގި ފަރާތްތަކުން ވަނީ ގޭޓުތައް ހަލާކުކޮށް، ތަޅުތައް ހަލާކުކޮށް، އަދި ހައި-ވޯލްޓޭޖް ސިސްޓަމަށް ގެއްލުން ދީފައެވެ.

ސްޓެލްކޯގެ މެނޭޖިންގ ޑައިރެކްޓަރ ހުސެއިން ފަހުމީ ވަނީ މީސް މީޑިއާ މެދުވެރިކޮށް މިކަން ކަށަވަރުކޮށްދެއްވާފައެވެ.



މި ހާދިސާއާ ގުޅޭ ގޮތުން ފާހަގަކުރެވޭ މުހިއްމު ނުކުތާތަކުގެ ތެރޭގައި، ހައި-ވޯލްޓޭޖް ސްވިޗްތައް ވަކި އުސޫލަކުން ނައްޓާލާފައި ވުމުން، މި ޢަމަލު ހިންގި ފަރާތްތަކަކީ ޓްރާންސްފޯމަރު ސިސްޓަމްތަކާއި އޭގެ މަސައްކަތްތަކާ ބެހޭ ފަންނީ މަޢުލޫމާތު އެނގޭ ބައެއްކަން ދޭހަވާކަމަށް ބެލެވޭ ކަމަށް ވަނީ ފާހަގަކުރައްވާފައެެވެ.

 މިފަދަ މުހިއްމު އިންފްރާސްޓްރަކްޗަރަށް ގެއްލުން ދިނުމަކީ ވަރަށް ނުރައްކާތެރި ކަމެއް ކަމަށާއި، މިކަމުގެ ސަބަބުން ކަރަންޓު ޖެހުމާއި، ބޮޑެތި އަނިޔާތަކާއި، އަދި މަރުވުމުގެ ނުރައްކާވެސް ކުރިމަތިވެދާނެ ކަމަށް ވަނީ ފާހަގަކުރައްވާފައެވެ.

މިދިޔަ އަހަރު ޓްރާންސްފޯމަރަކަށް ގެއްލުން ދިނުމުގެ ސަބަބުން ހިތާމަވެރި މަރުތަކެއް ދިމާވި ހާދިސާތަކަކީ މިފަދަ ޢަމަލުތަކުގެ ނުރައްކާތެރިކަން ހަނދާންކޮށްދޭ ކަމެއްކަމަށް ފަހުމީ ވަނީ ހަނދުމަކޮށްދެއްވާފައެވެ. މި ހާދިސާއިން އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމާއި، މުހިއްމު އިންފްރާސްޓްރަކްޗަރ ރައްކާތެރިކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަން ޖެހިފައިވާކަން ވަނީ ފާހަގަކުރައްވާފައެވެ.

މި މައްސަލައާ ގުޅިގެން ތަޙްޤީޤުތައް ކުރިއަށްދާ ކަމަށާއި، މުސްތަޤުބަލުގައި މިފަދަ ކަންކަން ހުއްޓުވުމަށްޓަކައި ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށް ކަމާބެހޭ ފަރާތްތަކުން މަޢުލޫމާތު ދީފައިވެއެވެ.
                    

މި ލިޔުން ކިޔާލުމުން