ދުނިޔެ

ޓްރަމްޕްގެ މެދުއިރުމަތީގެ މަންދޫބު ގަޒާގައި ހަނގުރާމަ ހުއްޓުވުމަށް މަސައްކަތްކުރަނީ

ޓްރަމްޕްގެ މެދުއިރުމަތީގެ މަންދޫބު ގަޒާގައި ހަނގުރާމަ ހުއްޓުވުމަށް މަސައްކަތްކުރަނީ

ސްޓީވް ވިޓްކޮފް އަދި ނަތަންޔާހު ފޮޓޯ:އިންޓަނެޓް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

12 ޖެނުއަރީ 2025، 09:45

12 ޖެނުއަރީ 2025، 09:45

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މެދުއިރުމަތީގެ މަންދޫބު ސްޓީވް ވިޓްކޮފް ވަނީ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫއާ ބައްދަލުކޮށްފައެވެ. މި ބައްދަލުވުމުގެ މަޤްޞަދަކީ އެމެރިކާގެ އައު ރައީސް މަޤާމާ ހަވާލުވުމުގެ ކުރިން ގަޒާގައި ހިނގަމުންދާ ހަނގުރާމަ ހުއްޓުވުމަށް މަސައްކަތްކުރުމެވެ.

ނެތަންޔާހޫގެ އޮފީހުން ހާމަކުރި ގޮތުގައި، އިޒްރޭލުގެ އިންޓެލިޖެންސް އޭޖެންސީ މޮސާޑުގެ އިސްވެރިޔާ ޑޭވިޑް ބާނިއާ ވަނީ ޤަޠަރަށް ފޮނުވާފައެވެ. މީގެ މަޤްޞަދަކީ އިޒްރޭލާއި ހަމާސްއާ ދެމެދު ކުރިއަށްދާ ނުސީދާ މަޝްވަރާތައް ކުރިއަށް ގެންދިއުމެވެ.

މިސްރާއި ޤަޠަރު އަދި އެމެރިކާގެ މެދުވެރިކަމާއެކު، ގަޒާގައި ހަނގުރާމަ ހުއްޓުވުމަށާއި އިޒްރޭލުގެ ރަހީނުން ދޫކޮށްލުމަށް އެއްބަސްވުމަކަށް އާދެވޭތޯ މަސައްކަތްތަކެއް ކުރެވެމުންދާކަން އިޒްރޭލުގެ އިސް އޮފިޝަލަކު ވަނީ ހާމަކޮށްފައެވެ. މި އެއްބަސްވުމުގައި އިޒްރޭލުގެ ޖަލުތަކުގައި ތިބި ބައެއް ފަލަސްޠީނު ބަންދުމީހުން ދޫކޮށްލުން ވެސް ހިމެނޭނެއެވެ.

އޮކްޓޯބަރު 2023 ގައި ހަމާސްގެ ހަނގުރާމަވެރިން އިޒްރޭލަށް ވަދެ، 1،200 މީހުން މަރާލައި، 250 އަށްވުރެ ގިނަ މީހުން ރަހީނުކުރުމާ ގުޅިގެން އިޒްރޭލުން ގަޒާއަށް ހަމަލާދޭން ފެށިއެވެ. އޭގެފަހުން މިހާތަނަށް 46،000 އަށްވުރެ ގިނަ މީހުން ގަޒާގައި މަރުވެފައިވާކަމަށް ފަލަސްޠީނު ޞިއްޙީ އޮފިޝަލުން ބުނެއެވެ. އަދި ގަޒާގެ ގިނަ ސަރަޙައްދުތަކެއް ވަނީ ހަލާކުވެ، އިންސާނީ ބޮޑު ހާލަތަކާ ކުރިމަތިވެފައެވެ.
                    

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު

450

Ads by MSS