ކުޅިވަރު

އެންމެ ދުވަސްވީ އޭޓީޕީ ޓުއަރ ޗެމްޕިއަންގެ ޝަރަފު މޮންފިލްސްއަށް

އެންމެ ދުވަސްވީ އޭޓީޕީ ޓުއަރ ޗެމްޕިއަންގެ ޝަރަފު މޮންފިލްސްއަށް

ކެރިއަރުގައި އެންމެ މަތިން ދުނިޔޭގެ 6ވަނައަށް ކުރިން ރޭންކުކުރި މޮންފިލްސް ފުރަތަމަ މުބާރާތެއް ކާމިޔާބުކުރީ 2005ގައި، ފޮޓޯ: ނިއުޒީލޭންޑް ހެރާލްޑް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

12 ޖެނުއަރީ 2025، 09:12

12 ޖެނުއަރީ 2025، 09:12

ހުލާސާ

މި ރެކޯޑު ކުރިން އޮތީ ޓެނިސް ލެޖެންޑް، ރޮޖާރ ފެޑެރާރގެ އަތުގައި. އޭނާ އެންމެ ފަހުން އޭޓީޕީ ޓުއަރއެއް ކާމިޔާބުކުރީ އުމުރުން 38 އަހަރާއި 2 މަހުގައި.

ނިއުޒީލެންޑުގެ އޮކްލަންޑުގައި ކުޅުނު އޭއެސްބީ ކްލެސިކް ކާމިޔާބުކޮށް، އޭޓީޕީ ޓުއަރ ކާމިޔާބުކުރި އެންމެ ދުވަސްވީ ކުޅުންތެރިއާގެ ޝަރަފު، ފްރާންސްގެ ގޭލް މޮންފިލްސް ހޯދައިފިއެވެ. 

މި ރެކޯޑު ކުރިން އޮތީ ޓެނިސް ލެޖެންޑް، ރޮޖާރ ފެޑެރާރގެ އަތުގައެވެ. އޭނާ އެންމެ ފަހުން އޭޓީޕީ ޓުއަރއެއް ކާމިޔާބުކުރީ، 2019ގައި އުމުރުން 38 އަހަރާއި 2 މަހުގައެވެ. 

މޮންފިލްސް މި ރެކޯޑު އައުކޮށްފައި މިވަނީ އުމުރުން 38 އަހަރާއި 4 މަހުގައެވެ. އެހެންކަމުން މި މުބާރާތް 1990ގައި ފެށިފަށުން، މުބާރާތް ކާމިޔާބުކޮށްފައިވާ އެންމެ ދުވަސްވީ ކުޅުންތެރިއަކީ މިހާރު މޮންފިލްސްއެވެ.

އޭއެސްބީ ކްލެސިކްގެ ފައިނަލުގައި މޮންފިލްސް ކުޅުނީ ބެލްޖިއަމްގެ ޒިޒޫ ބާޖްސްއާ ދެކޮޅަށެވެ. އަދި އެ މެޗު 6-3 6-4 އިން ކާމިޔާބުކުރުމަށްފަހު އޭނާ މި ހާސިލްކުރީ ކެރިއަރުގެ 13 ވަނަ "ޓުރައ" ފެންވަރުގެ ތައްޓެވެ.

މި ކާމިޔާބަށްފަހު ވާހަކަ ދައްކަމުން މޮންފިލްސް ބުނީ، އުމުރަކީ ވަރަށް ބޮޑު ދައުރެއްއަދާކުރާ ކަމެއް ކަމަށާއި، އުމުރާ އެއްވަރަށް ކުޅުން ދެމެހެއްޓޭނީ ވަރަށް މަސައްކަތްކޮށްގެން ކަމަށެވެ. އަދި މި މުބާރަތުގައި އޭނާއަށް ދެއްކުނު ކުޅުމަށް އުފާކުރާކަމަށް ވެސް ފާހަގަކޮށްފައި ވެއެވެ.

ދުނިޔޭގެ 52 ވަނައަށް ރޭންކުކޮށްފައިވާ މޮންފިލްސް މި މުބާރާތަށްފަހު ދެން ދަތުރުކުރާނީ އޮސްޓްރޭލިއަން އޯޕަންގައި ވާދަކުރުމަށް، މެލްބަންއަށެވެ. އެ މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މިއަދެވެ.

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު

450

Ads by MSS