Ads by Exprox

ޚަބަރު

ދައުލަތުގެ ރިޒާވްގައި 821 މިލިއަން ޑޮލަރު، 63 މިލިއަން ޑޮލަރު ހުރީ ބޭނުންކުރެވޭ ގޮތަށް: އެމްއެމްއޭ

ދައުލަތުގެ ރިޒާވްގައި 821 މިލިއަން ޑޮލަރު، 63 މިލިއަން ޑޮލަރު ހުރީ ބޭނުންކުރެވޭ ގޮތަށް: އެމްއެމްއޭ

އެމްއެމްއޭ ފޮޓޯ؛ ފޭސްބުކް

12 ޖެނުއަރީ 2025، 11:17

ދައުލަތުގެ ރިޒާރވްގައި ބޭނުންކުރަވޭ ގޮތަށް 63 މިލިއަން ރުފިޔާ ހުރިކަމަށާއި، މުޅި ޖުމުލަ 821 މިލިއަން ޑޮލަރު މިވަގުތު ރިޒާރވްގައި އެބަހުރިކަމަށް މޯލްޑިވްސް މަނިޓެރީ އޮތޯރިޓީ އިން އާންމުކުރަށްވާފައިވާ ހިސާބުތަކުން ދައްކައެވެ.

މަހުން މަހަށް، މަރުކަޒީ ބޭންކުން އާންމުކުރާ ދައުލަތުގެ ރިޒާރވް ހިސާބުތަކަށް ބަލާއިރު، ޑިސެންބަރު މަހުގެ ނިޔަލަށް 673.2 މިލިއަން ޑޮލަރު ރަސްމީ އެސެޓުގެ ގޮތުގައި ހުރިކަމަށާއި ރަސްމީ ރިޒާރވް އެސެޓުގެ އިތުރަށް ދިވެހިރާއްޖޭގެ ބޭންކުތަކުގެ ތަފާތު އިންވެސްޓްމެންޓްތައް، ރަސްމީ ރިޒާރވްގެ ތެރޭގައި ނުހިމަނާ، ސެކިއުރިޓީ އިންވެސްޓްމެންޓުތައް ހިމަނައިގެން ޖުމުލަ ރިޒާރވް ހިސާބުކޮށްފައިވާކަމަށް ވެސް އެމްއެމްއޭ އިން މަޢުލޫމާތު ލިބެއެވެ. 

މިގޮތުން، ބޭންކު އިންވެސްޓުމެންޓުތަކުގެ ތެރޭގައި ހިމެނޭ ފައިސާގެ ގޮތުގައި 146.3 މިލިއަން ޑޮލަރާއި، ރަސްމީ ރިޒާރވްގައި ނުހިމެނޭ ސެކިއުރިޓީޒް އިންވެސްޓްމެންޓުތަކުގެ ގޮތުގައި 2.3 މިލިއަން ޑޮލަރާއިއެކު، ޖުމުލަ 148.6 މިލިއަން ޑޮލަރާއި، ބޭރުފައިސާގެ އެހެނިހެން އެސެޓުތައް އެމްއެމްއޭގެ ރިޒާރވްތަކުން ފެންނަން އެބަހުއްޓެވެ. 

ކުރު މުއްދަތުގައި އަދާކުރަންޖެހޭ މާލީ އިލްތިޒާމުތައް (ޕްރިޑިޓާމައިންޑް ޝޯޓް ޓާމް ނެޓް ޑްރެއިންސް)ގެ ގޮތުގައި މާލީ ހިސާބުތަކުން ދައްކާ 758.6 މިލިއަން ޑޮލަރު، ޖުމްލަ ރިޒާވްއިން އުނިކުރުމުން އަންނަ 63.2 މިލިއަން ޑޮލަރަކީ ދައުލަތުގެ ރިޒާވްގެ ތެރެއިން ބޭނުންކުރެވޭ ގޮތަށް ހުރި ރިޒާވްއެވެ. 

ރާއްޖޭގެ ކްރެޑިޓް ރޭޓިންގ މަދުވުމުގެ މައިގަނޑު ސަބަބަކި ދައުލަތުގެ ދަރަނި އިންތިހާއަށް އިތުރުވުމާއި، ބޭރު ފައިސާއިން ކުރަންޖެހޭ މުޢާމަލާތްތައް ގިނަވެ، ދަޢުލަތުގެ ރަސްމީ ރިޒާރވް ދައްވަމުން ދިޔުމެވެ. 

އިންޑިޔާގެ ރިޒާރވް ބޭންކާއެކު އެމްއެމްއޭ އިން ވަނީ ކަރަންސީ ސްވޮޕް އެއްބަސްވުމެއް ހަދައި، 400 މިލިއަން ޑޮލަރު ހޯދާފައެވެ. މި ފައިސާ ހަމަޖެހުން ވެގެންދިޔައީ ރިޒާވަށް ކުރިމަތިވެފައިވާ ފިއްތުންތަކަށް ލިބިގެންދިޔަ ބޮޑު ލުޔަކަށެވެ. 

މި މަހުގެ 28 ވަނަ ދުވަހުން ފެށިގެން، ބޭންކުތަކުން، ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިތަކުގެ އާމްދަނީގެ ވަކި އިންސައްތައެއް މާރުކުރަން ފެށުމުން، މަރުކަޒީ ބޭންކަށް ނަގައި ރިޒާވްގެ ހާލަތު ރަނގަޅުކުރުމަށް، އެ ލިބޭ ފައިސާގެ %60 ނެގުމަށް ވަނީ  ހަމަޖެހިފައެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS